ރިޔާސީ އިންތިހާބުގައި ވާދަކުރަން އުމަރު ނަސީރު ސޮއި ހަމަކުރައްވައިފި

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު އިންތިހާބުގައި ވާދަކުރަން ބޭނުންވާ ސޮއި ހަމަވެފައިވާކަމަށް އިއުލާންކޮށްފިއެވެ.
އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ ބޭނުންވަނީ 1500 މީހުންގެ ސޮއި ނަމަވެސް އުމަރު ވަނީ 2000 ސޮއި ހަމަކުރައްވާފައިވާކަން އިއުލާނުކުރައްވާފައެވެ.
އެގޮތުން އޭނާ ވިދާޅުވީ އިންތިހާބުގައި ވާދަކުރަން 2،000 ސޮއި މިހާރު ހަމަކުރެވިފައިވާ ކަމަށާއި އެ އަދަދަށް ސޮއި ހަމަކުރީ ފަސް ދުވަހުގެ މަސައްކަތުން ކަމަށެވެ.
މީގެއިތުރުން އޭނާގެ ކެމްޕެއިން މިހާރު ހަރަކާތަކަށް ބަދަލުވެފައިވާ ކަމަށާއި ވަރަށް ގިނަ އަދަދެއްގެ އާންމުން އެކަމުގައި ބައިވެރިވަމުންދާ ކަމަށް ވެސް އުމަރު ވިދާޅުވެފައިވެއެވެ.
އުމަރު އިތުރަށް ވިދާޅުވެފައިވަނީ އޭނާގެ އެ ކެމްޕެއިނަކީ ރައީސުލްޖުމްހޫރިއްޔާއަށް ހުންނެވި ބޭފުޅަކު ބަދަލުކުރުމަށް ހިންގާ ކެމްޕެއިނެއް ނޫން ކަމަށާއި އެއީ މި ގައުމުގެ މިސްރާބު ބަދަލުކުރަން ހިންގާ ކެމްޕެއިނެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ