މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިސާ ސޫޓުކޭހެއް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ސޫޓުކޭސް ފޭރިގަނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުއައްޒަފެއްގެ އަތުންނެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު ހިނގި ހާދިސާއާ ގުޅިގެން ތުހުމަތުވާ ހަތަރު މީހުންނާއި އެ މީހުން ފިލަން މަސައްކަތް ކުރި ލޯންޗު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފަ އެވެ.
ފުލުހުން ވަނީ މި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި މީހުންގެ ވަނަވަރު އަާންމުކޮށްފަ އެވެ. އެއީ، ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ އަމުރުކުރީ ފަސް ދުވަހަށް ބަންދުކުރުމަށެވެ. އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ވަނީ ތަހުގީގު ކުރިއަށްދާ މިންވަރަކުން މީޑިއާއަށް ހާމަކުރެއްވުންހުރި މައުލޫމާތު ހާމަ ކުރާނެ ކަމަށް ބުނެފަ އެވެ.
ބޮޑު ފޭރުން؛ ހައްޔަރުކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ