ޖެނުއަރީ 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ 'ޖެނެރޭޝަން ބޭން'އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ދުންފަތާ ބެހޭ ގާނޫނަށް ގެނައި ދެ ވަނަ އިސްލާހަށް މިއަދު އަމަލުކުރަން ފެށުމާ އެކު ދުންފަތުން ރައްކާތެރި ޖީލަކަށް މަގުފަހިކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމުގައި މުހިއްމު އަދި ތާރީހީ ލަނޑުދަނޑިއެއް ހާސިލްކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ތަފްސީލް - ރާއްޖެއަކީ މުޅި ގައުމު ޝާމިލްވާހެން ޖެނެރޭޝަން ބޭން ތަންފީޒު ކުރާ ފުރަތަމަ ގައުމެވެ.
ގާނޫނުގައިވާ ގޮތުން:
1 ޖެނުއަރީ 2007ގެ ފަހުން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވުމަކީ ގާނޫނީ ކުށެއް
ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމުގެ ކުރިން އެ މީހަކު ގާނޫނީ އުމުރު ހަމަވެފައިވާ މީހެއްތޯ ކަށަވަރުކުރަން ޖެހޭ
ފާހަގަކުރެވޭ - ޖެނެރޭޝަނަލް ބޭންއާ ގުޅިގެން މާލޭގައި 24 ގަޑިއިރު ދުވުމެއް ވަނީ ފަށައިފަ އެވެ.
ދުންފަތް އިސްތިއުމާލުކުރުމުގެ ތެރެއަށް މީހުން ވަނުން ހުއްޓުވަން، ވަކި އަހަރެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ގޮތަށް 'ޖެނެރޭޝަނަލް ބޭން'އެއް ކަނޑައެޅުމަށް ފާސްކުރުމާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، އެއީ 'ޖެހިލުން ކުޑަ' ނިންމުމެއް ކަމަށް ބުނެ އެ ކަމަށް މަރުހަބާ ކިޔާފަ އެވެ.
ދުންފަތް މަނާވާ ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ