ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމު "ލޫޓުވައިފި" ކަމަށް ބުނެ، އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ އެއްވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
"ލޫޓުވައިފި ލޫޓުވައިފި" ނަމުގައި އެމްޑީޕީން އެއްވަން ނިންމާފައިވަނީ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗަށެވެ. މާލޭގައި ބާއްވާ ބޮޑު އެއްވުމަށް އެ ޕާޓީން ތައްޔާރުވަމުން އަންނައިރު ސަރުކާރުން އެ ހަރަކާތަށް ހުރަސް އެޅުމަށް ކަންކަން ކުރަމުން އަންނަ ކަމަށް އެމްޑީޕީން ބުނެ އެވެ.
"ނިޔާޒީ ކިތަންމެ ރިޕޯޓެއް ނެރުނަސް، ކިތަންމެ ހަރާމް ހުކުމެއް ޖެހިޔަސް، އޮކްޓޯބަރު 3 ގައި މާލޭގެ މަގުތައް ރައްޔިތުން ފުރާލާނެ. މި ސަރުކާރު ފަސާދަ ނުވާ ކަމަކަށް ވެސް ނުވާނެ،" ފައްޔާޒު އެކްސްގައި ލިޔުއްވި އެވެ.
ކުއްލި ގޮތަކަށް ޖުމްހޫރި މައިދާނު މަރާމާތު ކުރަން ފަށައި އެ ޕާކު އެއްކޮށް ވަނީ ބަންދުކޮށްފަ އެވެ. އެއީ ވެސް އެ އެއްވުމުގެ ބައިވެރިން ޖުމްހޫރީ މައިދާނަށް ގޮސްދާނެތީ ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
"ޓިނު ޖަހައި ބަންދުކުރިޔަސް ޖުމްހޫރީ މައިދާނަކީ ހުރިހާ ދިވެހިންނަށް ވެސް ހުޅުވާލެވިފައި އޮތް ތަނެއް،" އެކަމަށް އިޝާރާތް ކުރައްވައި ފައްޔާޒު ލިޔުއްވި އެވެ.
އޮކްޓޯބަރު 3، އަށް ތައްޔާރުވުމުގެ ގޮތުން ސިލްސިލާކޮށް އެކި ހަރަކާތްތައް އެމްޑީޕީން ދަނީ ހިންގަމުންނެވެ. ޕިކަޕް ބުރާއި އާއި ސައިކަލް ބުރުގެ އިތުރުން އެކި ބައްދަލުވުންްތަކާއި ސައްލާތައް އެ ޕާޓީން އެބަ ބާއްވަ އެވެ.
އެ އެއްވުމަށް ތައްޔާރުވުމަށް އެ ޕާޓީން މާލޭގެ މަގުތަކާއި ހުޅުމާލޭގެ މަގުތަކުގައި ދެމި ބެނާތައް ނެގި މައްސަލަ ވެސް ފެންމަތިވި އެވެ.
އެމްޑީޕީގެ ބޮޑު އެއްވުމަށް ރަށްރަށުން ވެސް މީހުން އައުމަށް ދަނީ ތައްޔާރު ވަމުންނެވެ.
އޮކްޓޯބަރު 3 ގައި މާލޭގެ މަގުތައް ރައްޔިތުން ފުރާލާނެ: ފައްޔާޒު އޮކްޓޯބަރު 3 ގައި މާލޭގެ މަގުތައް ރައްޔިތުން ފުރާލާނެ: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ