ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް، ގއ.ވިލިނގިލި، ވައިޖެހޭގެ، އަލްފާޟިލް ޝަހީދު މުޙައްމަދު އައްޔަނުކޮށްފައިވާ ކަމަށެވެ.
ބީސީސީގެ ބޯޑަށް އައްޔަނުކުރި ޝަހީދު މުޙައްމަދަކީ މީގެ ކުރީން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ.) އަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސް.އެމް.އީސް) އެހީތެރިވެ، ޤައުމީ އިޤްތިޞާދު ތަރައްޤީކުރުމަށްޓަކައި ރާއްޖޭގެ ސަރުކާރުން އުފައްދާފައިވާ މުހިންމު ދައުލަތުގެ ކުންފުންޏެކެވެ.
މި ކޯޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިވެރިކަން ކުރިއެރުވުމަށް ބޭނުންވާ މާލީ، ފަންނީ، އަދި ވަސީލަތްތަކުގެ އެހީތެރިކަން ފޯރުކޮށްދީ، އާ ވިޔަފާރިތައް އުފައްދައި، މިހާރު ހިނގަމުންދާ ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުމެވެ. ބީ.ސީ.ސީ. އިން ވަނީ ވިޔަފާރިތަކަށް ބޭނުންވާ ތަމްރީނާއި، މަޝްވަރާގެ ޚިދުމަތްތަކާއި، ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ޖާގަ ފަދަ އެތައް ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.
ބީސީސީގެ ޗެއާޕާސަންއަކަށް މުހައްމަދު ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ