ތިލަފުށީގައި މީހެއްގެ ގައިމަތިން ލޮރީއެއް؛ ލޮރީގެ ޑްރައިވަރު ހައްޔަރުކޮށްފި

ކ. ތިލަފުށީގައި މިއަދު އެގްސްކަވޭޓަރެއް ކައރީ މަސައްކަތްކުރަން ހުރި ބިދޭސީއެއް ގައިގައި ލޮރީއެއް ގޮސް ޖެހި، އެ މީހާގެ ގައިމަތިން އެ ލޮރީ ގޮސްގެން، އެ ލޮރީ ދުއްވަން އިން ބިދޭސީ މީހާ ހައްޔަރުކޮށްފި އެވެ.
ވީހިކިިނެއް؟ - ފުލުހުން ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ މިއަދު މެންދުރުފަހު 2:15ގަ އެވެ.
ތަފްސީލް - މި ހާދިސާގައި އަނިޔާވީ ލަންކާގެ ފިރިހެނަކަށެވެ. އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި، ލޮރީ ޓޯކޮށް، ލޮރީ ދުއްވަން އިން އިންޑިއާގެ މީހެއް ކަމަށްވާ ވިގްނޭޝް އަންނަދުރާއީ، 28، ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ