މެސީ ފަހަތަށް ޖައްސާލައި އާމްދަނީ ލިސްޓުގެ ކުރީގައި ރޮނާލްޑޯ މެސީ ފަހަތަށް ޖައްސާލައި އާމްދަނީ ލިސްޓުގެ ކުރީގައި ރޮނާލްޑޯ

ލަންޑަން (ސެޕްޓެމްބަރު 13) - ކުޅިވަރު އެތުލީޓުންގެ ތެރެއިން، މިދިޔަ އަހަރު އެންމެ އާމްދަނީ ބޮޑު ކުޅުންތެރިއަކަށް ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅޭ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެ އެވެ.
އިނގިރޭސި ތަފާސްހިސާބުއެއްކުރާ ވެބްސައިޓަކުން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، މިދިޔަ އަހަރު ރޮނާލްޑޯ އަށް އެކި ގޮތްގޮތުން އާމްދަނީގެ ގޮތުގައި ވަނީ 260 މިލިއަން ޑޮލަރު ލިބިފަ އެވެ. ދެ ވަނައިގައި އޮތީ ގޯލްފަރު، ޖޯން ރާމް އެވެ. އޭނާ އަށް ވަނީ 218 މިލިއަން ޑޮލަރު ލިބިފަ އެވެ.
ތިން ވަނަ އަށް ދިޔަ، އިންޓަ މިއާމީ އަށް ކުޅޭ ލިއޮނަލް މެސީ އަށް ލިބިފައިވަނީ، 135 މިލިއަން ޑޮލަރެވެ. މެސީގެ އާމްދަނީގެ ބޮޑު ހިއްސާއެއް އޮތީ، ވިޔަފާރި އާއި ސްޕޮންސަރުންގެ ފަރާތުން ލިބޭ ފައިސާގެ މައްޗަށެވެ. އޭނާގެ އާމްދަނީގެ 75 ޕަސެންޓަކީ އެ ގޮތުން ލިބޭ ފައިސާ އެވެ. މީގެ ކުރިން، ރޮނާލްޑޯ، އަލް ނަސްރަށް ދިއުމުގެ ކުރިން މި ލިސްޓު ލީޑުކުރަމުން އައީ މެސީ އެވެ.
ލިސްޓުގައި ހިމެނޭ އެހެން ތަރިންނަށް ބަލާއިރު، 110 މިލިއަން ޑޮލަރު ލިބުނު ރެއާލް މެޑްރިޑްގެ ކީލިއަން، އެމްބާޕޭ، 107 މިލިއަން ޑޮލަރު ލިބުނު ސަންޓޯސްގެ ނޭމާ، 105 މިލިއަން ޑޮލަރު ލިބުނު އަލް އިއްތިހާދުގެ ކަަރިމް ބެންޒެމާ، 128 މިލިއަން ޑޮލަރު ލިބުނު ބާސްކެޓްބޯލް ލެޖެންޑް، ލެބްރަން ޖޭމްސް، އަދި 100 މިލިއަން ޑޮލަރު ލިބުނު ސްޓެފަން ކަރީ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ