އެޑްވަޓޯރިއަލް: ހުޅުމާލޭގައި 'ކައިޓް' ސެންޓު ފިހާރައެއް ހުޅުވައިފި

އެ ވަހެއް ޖެހުމުން ހިތްފުރޭ، އަޖައިބުކުރުވަނިވި ސެންޓެއް ހޯދުމަކީ އާންމުކޮށް އުނދަގޫ ކަމެކެވެ. ބައެއް ސެންޓުތަކުން ފުރަތަމަ ލޯބީގެ ހަނދާނެއް ނުވަތަ ޗުއްޓީގައި މޫދަށް ގޮސް އުޅުނު ހަނދާނެއް ނުވަތަ ހިތުން ނުފިލާވަރު ރައްޓެއްސަކާ ބައްދަލުވުމުގެ ހަނދާނެއް ގެނުވައެވެ. ކައިޓް ބްރޭންޑުގެ އެކި ސެންޓުން، އެ މީހަކު ބޭނުންވާ އިހުސާސެއް ގެނެސްދޭނެ ސެންޓުތައް ޚިޔާރުުކުރެވޭނެއެވެ. ސެންޓެއް ޚިޔާރުކުރުމުގައި މިއީ ކުޑަ އެހީއެކެވެ. ތިމާއަކީ ވަރަށް އާ ކަންތައްތައް ތަޖުރިބާ ކުރަން ބޭނުންވާ 'އެޑްވެންޗަރަސް' މީހެއް ނަމަ، އެންމެ ކަމުދާނެ ކަމަށް ބެލެވެނީ ޒެފަރަން، އޫދު އަދި ޑާކް އެމްބާގެ ނޯޓްތައް ހިމެނޭ ސެންޓުތަކެވެ. އެ ސެންޓުތައް ސިފަކުރެވޭނީ ސްޕައިސީ، ވުޑީ އަދި އޮރިއެންޓަލް ސެންޓުތަކުގެ ގޮތުގައެވެ. ކައިޓް ޕާފިއުމް ފިހާރަ: އެ މީހަކަށް އެންމެ ކަމުދާ ބާވަތެއްގެ ސެންޓު ޚިޔާރުކުރަން ލިބޭނެ -- ހަމައެއާއެކު، އާންމުކޮށް މޫދަށް ގޮސް، ހެލިފެލިވޭ އުޅެން ބޭނުންވާ މީހުންނަށް، ސިޓްރަސް އަދި ސީ ސޯލްޓް އާއި ގްރީން ޓީގެ ނޯޓްތައް ހިމެނޭ ސެންޓުތައް ކަމުދާނެއެވެ. މީގެ އިތުރުން ވެސް 'ކައިޓް'ގެ އެތައް ބާވަތެއްގެ ސެންޓެއް ޚިޔާރުކުރަން ލިބޭއިރު، ކޮންމެ މީހެއްގެ ވެސް ޝަހުސިއްޔަތާ އެންމެ ގުޅޭ 'ސިގްނެޗާ' ސެންޓެއް ހޯދަން ވަރަށް ފަސޭހަވާނެއެވެ. ކައިޓް ޕާފިއުމް ފިހާރަ -- ހުޅުމާލޭ ކެލާ މަގުގައި ހުންނަ ކައިޓް ޕާޕިއުމް ފިހާރައިން ކޮންމެ ހަފުތާއަކު ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހަށް 9:00އިން 23:00އަށް ޚިދުމަތް ދޭނެއެވެ. އަދި ހުކުރު ދުވަހު 14:00އިން 23:00އަށް ޚިދުމަތް ދޭނެއެވެ. ކައިޓް ޕާފިއުމްގެ ވެބްސައިޓް (https://www.kyt-mv.com/) މެދުވެރިކޮށް ވެސް ވިޔަފާރި ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ