ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މިފަހަރު 97 ފަރާތަކަށް ދެވޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ޚާއްސަ އިނާމު ދިނުމުގެ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ޖަލްސާގައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 97 ފަރާތަކަށް ލިބޭނެއެވެ. އެ ފަރާތްތަކަކީ ، 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރި ފަރާތްތަކެވެ.
އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމު މިއަހަރު 33 ފަރާތަކަށް ލިބޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެ ފަރާތްތަށް އިނާމަށް ހޮވުމުގެ މަސައްކަތް ކުރިޔަށްގެންދިޔައީ އިނާމާއި ބެހޭ ޚާއްސަ ކޮމެޓީންނެވެ.
ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ މިނިވަން ދުވަހުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި 94 ފަރާތަކަށް މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ އިނާމު ދީފައެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މިއަހަރު 97 ފަރާތަކަށް ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ