އުރީދޫ އިން ޕީއެސްޖީގެ ލެޖެންޑް ޖޭ-ޖޭ އޮކޯޗާއާ އެކު ހާއްސަ މީޓް އެންޑް ގްރީޓް ސެޝަނެއް ބާއްވައިފި

އުރީދޫ މޯލްޑިވްސް އިން ވަނީ ފުޓުބޯޅަ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެލެޖެންޑް ޖޭ-ޖޭ އޮކޯޗާ ގެ ހާއްސަ މީޓް އެންޑް ގްރީޓް ސެޝަނެއް ބާއްވައިފަ އެވެ.
ޖުލައި 8، 2024 ގައި ބޭއްވި މި ހަރަކާތުގައި އުރީދޫ ޓީމުގެ މެމްބަރުންނާއިވަޒީރުންނާއި ސިޓީގެ އޮފިޝަލުންނާއި ފުޓްބޯޅަ ދާއިރާގައި ފާހަގަކޮށްލެވޭފަރާތްތަކާއި ގައުމީ ޓީމުގެ މިހާރުގެ އަދި ކުރީގެ ކެޕްޓަނުންނާއި ކުޅިވަރުނޫސްވެރިން ވަނީ ބައިވެރިވެފަ އެވެ.
މި ހާއްސަ ބައްދަލުވުމުގައި ޖޭ-ޖޭ އޮކޯޗާގެ އާދަޔާ ހިލާފު ކެރިއަރާއި ފުޓުބޯޅައަށްކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އޭނާއާއެކު ހިޔާލުބަދަކޮށްލާ ވާހަކަދެއްކުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށް އުރީދޫއިން ބުނެއެވެ. އަދި މި ހަރަކާތުގެ ތެރޭގައި ދިވެހިރާއްޖޭގައި ފުޓުބޯޅައަށް އޮތް އޮތް ލޯތްބާއި، ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަތައް ހިއްސާ ކުރެވިގެންދިޔަ ކަމަށް ބުންޏެވެ. 
Advertisement
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ މިކަހަލަ އިވެންޓެއްގައި ކުޅިވަރުގެ ޝަހުސިއްޔަތުންނާއި ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު އެއްތަނަކަށްގެނައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޖޭ-ޖޭ އޮކޯޗާގެ މިދަތުރަކީ މީހުން އެއްބައިވަންތަކޮށް އަންނަން އޮތް ޖީލަށް ހިތްވަރު ދިނުމުގައިފުޓްބޯޅައިގެ ބާރު އޮތް ކަމުގެ ހެއްކެކެވެ. އަޅުގަނޑުމެން އުންމީދު ކުރަނީ މިއަދަކީ އުއްމީދީ ވާހަކަތަކުން ފުރިގެންވާ ދުވަހަކަށްވެ، ކުޅިވަރަށް ޝައުގުވެރިކަންހިއްސާކުރާ ދުވަހަކަށް ވެގެންދާނެ ކަމަށެވެ.
"އުރީދޫ އާއި ރާއްޖޭގެ ފަރާތުން މިފަދަ ހޫނު މަރުހަބާއެއް ލިބުމަކީ އަޅުގަނޑަށް ލިބޭވަރަށް ބޮޑު އުފަލެއް. ފުޓްބޯޅައިގެ ދާއިރާގެ ބޭފުޅުންނާއި ޝައުގުވެރިވާ ފަރާތްތަކާބައްދަލުކޮށް، އަޅުގަނޑުމެން އެންމެން އެއްބައިވަންތަކޮށްދޭ ކުޅިވަރެއް ކަމަށްވާފުޓްބޯޅައާ ބެހޭ ގޮތުން ޚިޔާލު ބަދަލުކޮށްލަން ލިބުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ޝަރަފެއް." 
ޖޭ- ޖޭ އޮކޯޗާ
އުރީދޫގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން އާއި ގުޅިގެން އުރީދޫއިންޖޭ-ޖޭ އޮކޯޗާ ރާއްޖޭ ގެނެސް ކުޅިވަރާއި މުޖުތަމައުގެ ބައިވެރިވުން ކުރިއެރުވުމަށް އެކުންފުނިން ކުރާ މަސައްކަތަކީ ފާހަގަ ކޮށްލެވޭ ކަމެކެވެ. މި މީޓް އެންޑް ގްރީޓް ހަރަކާތަކީ ޖޭ-ޖޭ އޮކޯޗާގެ ދަތުރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެ ވެ. އަދި މިހަރަކާތަކީ ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް ހަނދާން ނައްތާނުލެވޭ ފަދަތަޖުރިބާއަކަށް ވެގެންދާނެ ކަމަށް އުރީދޫއިން އުއްމީދުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ