ސުޕްރީމް ކޯޓުން އަނބު ބިން މީހަކު ބަންދަށް

ސުޕްރީމް ކޯޓުގެ ގޯތި ތެރޭ ހުރި އަނބު ގަހަކަށް އަރާ އަނބު ބިން މީހަކު 15 ދުވަހަށް ބަންދުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ލަންދޫ، އުދަރެސް، އިނާޒް މުހައްމަދު އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމާއި ވައްކަން ކުރުމުގެ ތުހުމަތެވެ.
ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާކަމަށް ނިންމާ  އޭނާ 15 ދުވަހަށް ބަންދުކުރަން ހުކުމްކޮށްފަ އެވެ.
ކޯޓުގައި އޭނާ ވަނީ އެ ކުށަށް އިއުތިރާފް ވެސް ވެފަ އެވެ.  މި މީހާއަކީ މިބާވަތުގެ ހައްޔަރާއި ބަންދުގެ ތާރީހެއް  އޮތް މީހެއްކަމަށް ފުލުހުން ބުނެ އެވެ.
މީގެ ކުރިންވެސް ކޯޓުތަކުން ވަގަށް އަނބު ބިން މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވެ އެވެ. އެގޮތުން، މިދިޔަ 2021 ގައި ވެސް ޖުވެނައިލް ކޯޓުން ވަގަށް އަނބު ބިން މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. އަދި މިދިޔަ އަހަރުވެސް ސުޕްރީމް ކޯޓުގެ ގޯތި ތެރޭގައި ހައްދާފައި ހުރި އަނބު ގަހުން އަނބު ބިންނަން އުޅުނު މީހަކު ހުއްޓުވައި އޭނާ ބަންދުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ