އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

މި އަހަރުގެ ފިތުރު އީދު ދުވަހުގެ ހަވީރު ފައި މަގުގައި އުޅޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
ކަލެންޑަރުގައިވާ ގޮތުން ނަމަ، މި އަހަރުގެ ފިތުރު އީދު ދުވަސް ދިމާވާނީ އަންނަ ބުދަ ދުވަހުއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ފިތުރު އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުުތުގެ ގޮތުގައި ހަވީރު 4:00 އިން 6:00 އަށް ހަމަޖައްސާފައިވާ ކަމަށެވެ.
ފިތުރު އީދު ދުވަހާ ދިމާކޮށް މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވައިފައެވެ. އެގޮތުން އީދު ނަމާދު ނިމުމާ އެކުގައި އެ ހަރަކާތްތައް ފެށިގެންދާނެ ކަމުގައި މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އީދު ނަމާދަށް ފަހު 7:30 ގައި އީދު ސައި އަދި ޑަބްލިއުޑީސީން ކުޑަކުދިންނަށް އީދު ހަދިޔާ ބެހުން އެކުވެނި ޓްރެކްގައި އޮންނާނެއެވެ. އަދި ހެނދުނު 9:30 ގައި ރަސްފަންނުގައި ފެން ކުޅި ކުޅުމަށް ހަމަޖެހިފައިވެއެވެ. ހަވީރު 4:00 ގައި ބޮޑު މަސް މާލި ޕެރޭޑް އޮންނަ އިރު، ރޭގަނޑު އާޓިފިޝަލް ބީޗުގައި ސްޓޭޖް ޝޯއަކާ އެކީގައި ހަވާ އެރުވުން އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ