ތިނަދޫގައި މުޒާހަރާކުރި ބިދޭސީން ޑީޕޯޓްކުރަނީ

ތިނަދޫ ސިޓީގައި މުޒާހަރާކުރި މައްސަލައިގައި ބިދޭސީންތަކެއް ޑީޕޯޓްކުރަން ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.
ބަންގްލަދޭޝްގެ ބަޔަކު ތިނަދޫގައި މުޒާހަރާކުރީ ބަންގްލަދޭޝްގެ މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅުވައިގެން އެކަމަށް ތާއީދުކޮށެވެ. މިއީ އެ ގައުމުގެ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރަކާތަކެކެވެ.
އެކަމާ ގުޅުވައި ތިނަދޫގައި އުޅޭ ބަންގްލޭޝްގެ ބަޔަކު މުޒާހަރާކުރި މައްސަލައިގައި ހޯމްލޭންޑް މިނިސްޓްރީން ބުނީ ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށާއި އެއީ ވިސާގެ އުސޫލުތަކާ ވެސް މުޅިން ހިލާފު ކަމެއް ކަމަށެވެ.
އެހެންވެ ތިނަދޫގެ މުޒާހަރާއާ ގުޅިގެން އެކަން އިންތިޒާމު ކުރުމުގައި އުޅުނު މީހުން ޑީޕޯޓްކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެމުން ދެ އެވެ. އަދި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ