ކްރިމިނަލް ކޯޓުން މުއްދަތު ޖަހާނީ، ހަމައެކަނި ބާރީ ކަމަށް ހަމަޖައްސައިފި
ޖިނާއީ ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ބަންދާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމާނީ އެ ކޯޓު ހިންގުމާހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ކަމަށް ހަމަޖައްސަވައިފި އެވެ. ސަން އަށް އެނގިފައިވާގޮތުން ގާޒީ ބާރީގެ އެ ނިންމެވުމަށް އަމަލުކުރާތާ މިހާރު ހަފްތާއެއް ވަނީވެފައެވެ. ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މުހައްމަދު މަނިކު މިއަދު ސަން އަށް ވިދާޅުވީ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީސްތައް ކުރިއަށް ގެންދަވާނީ ކޮން ގާޒީއެއްތޯ ކަނޑައަޅަނީ ކޯޓުގެ އިސްގާޒީ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އަބަދުވެސް އެ އުސޫލު އޮންނަ ގޮތް ކަމަށެވެ. ފެށުނީއްސުރެ މިހާތަނަށް ބަންދާމެދު ގޮތެއް ނިންމުމުގެ ކަންތައް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ އެކި ދުވަހު އެކި ގާޒީން އެ މަސައްކަތް ކުރިއަށްގެންދާގޮތަށް އެކުލަވާލާ ތާވަލަކާއެއްގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ