އަމީރު އަހުމަދު މަގު މިއަދު ހަވީރު އާންމުންނަށް ހުޅުވާލަނީ

އިސްލާމީ މަރުކަޒު ކައިިރިން ބަންދުކޮށްފައިވާ އަމީރު އަހުމަދު މަގު މިއަދު ހަވީރު އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ.މާލެ ސިޓީ ކައުންސިލުން ބުނީ އަމީރު އަހްމަދު ރަސްމީކޮށް އަލުން ހުޅުވާލާނީ މިއަދު ހަވީރު 5:30 ގައި ކަމަށެވެ. 
އަމީރު އަހުމަދު މަގު ހުޅުވާލުމާއި އެކު، ކުރިން ވެސް އޮތް ގޮތަށް ހުޅަނގުން އިރަށް އެ މަގުން ދަތުރުކުރާ އުޅަނދުތަކަށް ދުއްވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރީގެ އޮފިޝަލުން ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ އަމީރު އަހްމަދު މަގު އަލުން ހުޅުވާލުމާ އެކު އެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހޭ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބި، ދަތުރުފަތުުރު ފަސޭހަވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. 
އެ މަގުގެ ތިން ދިމާލެއްގައި ކަފިހުރަސް ހަދާ، އެ މަގު ވަނީ އިތުރަށް ފުޅާކޮށްފައެވެ.
އިސްލާމީ މަރުކަޒުގެ އުތުރުން އޮންނަ އަމީރު އަހްމަދު މަގާއި ދެކުނުން އޮންނަ މަގު ބަންދުކޮށްލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މިމަގުތައް ބަންދުކޮށްލުމުން މާލޭގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް އައިސް ބައެއް ވަގުތުތަކުގައި މިސަރަހައްދުގައި ޓްރެފިކް ތޮއްޖެހޭ މައްސަލަ ވަނީ ވަަރަށް ބޮޑުވެފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މާލެއަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާ، 100 ދުވަހުގެ ޕްރޮގްރާމުގައި ވަނީ އެމަސައްކަތްތައް ހިމަނާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ