އެކާވީސް އަހަރުގެ ހިދުމަތަށް ފަހު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ ގާޒީ ހަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ވަނީ އޭނާ ވޭތުވެ ދިޔަ 21 އަހަރު ޝަރުއީ ދާއިރާއަށް ކޮށްދެވި ހިދުމަތްތަކަށް ޝަކުރު އަދާކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެކާވީސް އަހަރު ފަހުން ހަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވި އިރު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގަ އެވެ. ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުން ވަކިކޮށް، ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ހަސަން ސައިީދު އައްޔަންކުރެއްވީ ޖޭއެސްސީއަށް ހުށަހެޅި ސްލޫކީ މައްސަލައަކާ ގުޅިގެން ނެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވި އިރު، ގާނޫނާއި ގަވާއިދާ އަދި ފެމެލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް، މީހަކަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިކޮށްދީފައިވާކަން ސާބިތުވާތީ މިދިޔަ ފެބްރުއަރީގައި އޭނާ 14 ދުވަހަށް ސަސްޕެންޑްވެސް ކުރި އެވެ. ނަމަވެސް މިއަދު ރިޓަޔާ ކުރެއްވި އިރު އެ ސަސްޕެންޝަން އޮތީ އުވާލާފަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީގެ ގޮތުގައި ހުންނަވައިގެން ވެސް ބައެއް މައްސަަލަތަކުގައި، ކަންކަން ނިންމަވާފައިވާ ގޮތުން އޭނާގެ މައްސަލަތައް ޖޭއެސްސީން ދިޔައީ ބަލަމުން ނެވެ. އެގޮތުން:
ހުޅުމާލޭގައި ފްލެޓް އަޅައިދޭން ކަމަށް ބުނެ ގިނަ ބައެއްގެ އަތުން، ފައިސާ އަތުލި މައްސަލާގައި ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރަމުންދަނިކޮށް އޭނާ ދޫކޮށްލި މައްސަލާގައި ހަސަން ސައީދުގެ މައްސަލައެއް ޖޭއެސްސީން ބެލި
ޖިންސީ ކުށުގެ އެތައް ދައުވާތަކެއް ކޮށްފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ގާނޫނާ ހިލާފަށް ރާއްޖޭން ބޭރަށް ދާން ހުއްދަދިން މައްސަލާގައި ވެސް ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ދިޔައީ ބަލަމުން
އަލީ ވަހީދު ވަގުތުން ހަމަ އެދުވަހު ފުރާ ވަޑައިގެން އިރު މިހާތަނަށް އޭނާ ގެނެވޭނެ ގޮތެއް ޕީޖީއަށް ވެސް އަދި ފުލުހުންނަށް ވެސް ނުވޭ
ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ