ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަންކޮށްފި އެވެ.
ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މެންބަރު ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާއަކީ އެ ކޮމިޝަނަށް ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި މެންބަރެވެ.
ޖޭއެސްސީގެ ނައިބު ރައީސް ހޮވަނީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ކޮމިޝަނުގެ ރައީސް ވެސް އިންތިހާބު ކުރަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
މާޗް، 2025، ގައި ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރީ އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު ހުސްވުމުންނެވެ. އެއް ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދެއްވިއިރު، ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރީ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަން ފެށީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ފަށަން ކައިރިވެފައި އޮއްވަ އެވެ.
އޭގެ ފަހުން ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ދެ ފަނޑިޔާރެއްގެ މައްސަލަ ބަލައި، އެ ދެ ފަނޑިޔާރުން ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އެވެ.
ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ