މާލެ ރީޖަނަލް ލީގު ދެވަނަ ޑިވިޝަން 2026 ގައި ޔުނައިޓެޑް ހެންވޭރިއަންސް ބަލިކޮށް ކުލަބު ޕީކޭ ފަހުމެޗުގެ ނަތިޖާއަށް އިންތިޒާރު ކުރަން ޖެހިއްޖެއެވެ.
ޕީކޭ މެޗު ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ.މި މޮޅާއެކު ޕީކޭ ވަގުތީގޮތުން ކުރި ލިބެނީ 6 ޕޮއިންޓާއެކުއެވެ. މުބާރާތުގެ ފަހު މެޗުގައި ލޮރެންޒޯ ނުވަތަ ބިސްބުރު ޖެހޭނީ ދެ ލަނޑުގެ ތަފާތަކު މޮޅުވާންށެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު ފަށައިގެން އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ ހެންވޭރިއަންސް އިންނެވެ. މުހައްމަދު ހާޒިމް ރިއްފަތު ގޯލުކުރިމައްޗަށް ނަގައިދިން ބޯޅަ ޕީކޭގެ ކީޕަރު ވަނީ އަތުލާފައެވެ.
ހެންވޭރިއަންސް ފުރަތަމަ ލަނޑު ކާމިޔާބުކުރީ ޕީކޭގެ ކީޕަރު އިބްރާހިމް އަޒްލީން އޭރިއާ ތެރެއިން މީސާގް ނައީމަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ފެނެލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. މި ފެނެލްޓީ އެޓީމަށް ކާމިޔާބުކޮއްދިނީ 22 ވަނަ މނިޓުގައި އަހުމަދު އަފްލާޒެވެ.
ޕީކޭ އިން ނަތީޖާ ހަމަހަމަކުރީ އޭގެ ދެމިނިޓު ފަހުން އަލީ ހުމޭޒް އޭރިއާތެރެއިން ކީޕަރު ނުކުތުމުން އޭނައަށް ޖާގަ ނުދީ ހުސްގޯލަށް ބޯޅަ ވައްދައިލައިގެންނެވެ. ލަނޑަށް ފަހު ހެންވޭރިއަންސް ޓީމުގެ ކެޕްޓަން ޝަހީމް އަބްދުލް ގާދިރުއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ.
ޕީކޭ ލީޑް ނެގީ ފުރަތަމަ ހާފުގެ 45 ވަނަ މިނިޓުގައި ހުމޭޒް ޖެހި ލަނޑުންނެވެ.މެޗުގެ ދެވަނަ ހާފުގައި އޭރިއާ ބޭރުން އަފްލާޒް ފޮނުވާލުމުން ކީޕަރު ވަނީ އަތުލާފައެވެ. މެޗުގެ ފަހުކޮޅު ހާޒިމް ގޯލުކުރިމައްޗަށް ނެގި ބޯޅައެއް އަހުމަދު ވިސާމް ފޮނުވާލުމުން ވަނީ ގޯލާ ސީދާ ވާގޮތް ނުވެފައެވެ.
ހެންވޭރިއަންސް ބަލިކޮށް ޕީކޭ އިންތިޒާރުގަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ