ވަންގަވް މެދުވެރިކޮށް 400 އަށްވުރެ ގިނަ ޚިދުމަތް ފޯރުކޮށްދެމުންދޭ

އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ "ޓްރޭޑް ޓެސްކު ވިތު އަނާ" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރު ވިދާޅުވީ، ވަންގަވް ޕްލެޓްފޯމުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
"މިއަހަރު ތެރޭގައި އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް ވެގެންގޮސްފައި މިވަނީ އެކިއެކި އިދާރާތަކުން މި ދޭ ޚިދުމަތްތަކުގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތައާ ގާތްކުރާ އަދަދެއްގެ ސަރުކާރުގެ އިދާރާތަކުގެ ޚިދުމަތް އެ ޕްލެޓްފޯމަށް ގެނައުމަށް މަސައްކަތް ކުރުން. އަދި ކައުންސިލްތަކުންވެސް ރައްޔިތުންނަށް މި ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ 40 އިންސައްތަ އެ ޕްލެޓްފޯމު މެދުވެރިކޮށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުން މިދަނީ" ސަޢީދާ ވިދާޅުވިއެވެ.
2023 ވަނަ އަހަރު ވަންގަވް އިފްތިތާހް ކުރިއިރު، އެންމެ ފުރަތަމަ ހިމަނާފައިވަނީ އެންމެ 5 އިދާރާއެއްގެ ޚިދުމަތްތަކެވެ. އޭރު ބޮޑަށް އިސްކަންދީފައިވަނީ ވިޔަފާރިއާ ގުޅުންހުރި ޚިދުމަތްތަކަށް ނަމަވެސް، މިހާރުގެ އަމާޒަކީ އާންމު ރައްޔިތުންނާ ސީދާ ގުޅުންހުރި ހުރިހާ ޚިދުމަތްތަކެއް މި ޕްލެޓްފޯމުގެ ތެރެއަށް ގެނައުން ކަމަށް މައިންޑްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ