މާފަރުގައި ހަދާ މޫސުން ބަލާ އޮބްޒަވޭޓަރީގެ އަމަލީ މަސައްކަތް ފަށައިފި

ނ. މާފަރުގައި ހަދާ މޫސުން ބަލާ އޮބްޒަވޭޓަރީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއީ ރާއްޖޭގައި ހަދާ މިފަދަ ހަވަނަ އޮބްޒަވޭޓަރީއެވެ.
އެންވައިރަމެންޓް މިނިސްޓްރީ އިން ބުނެފައިވަނީ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އޭވިއޭޝަން މޫސުމީ ހިދުމަތްތައް ފޯރުކޮށްދިނުމަށް، ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހާއި އައިލެންޑް އޭވިއޭޝަން ގުޅިގެން މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
މެޓް އޮފީހާ ހަވާލާދީ މިނިސްޓްރީން ބުނީ މި މަސައްކަތަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ މޫސުމީ އޮބްޒަވޭޝަންތައް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، އަދި، މިހާރު ގާއިމުކުރެވޭ ނިޒާމު ކުރިއަށް އޮތް ތަނުގައި "ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ" މަޝްރޫއުގެ ދަށުން އިތުރަށް ތަރައްގީކޮށް ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.
މި އޮބްޒަވޭޓަރީ ހެދުމާ އެކު، މާފަރު އެއާޕޯޓުގެ މޫސުމީ ނިޒާމު އދ. ގެ ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ ޑަބްލިއުއެމްއޯގެ "ގްލޯބަލް ބޭސިކް އޮބްޒަވޭޝަން" މިންގަނޑުތަކަށް ފެތި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތެއް ދެވޭނެ މަގު ތަނަވަސްވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ