ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ ޖޫން 15ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ޖަލްސާއެއް ބޭއްވީ އީދު ބަންދަންފަހު ޖޫން 1 ވަނަ ދުވަހުއެވެ. އެ ޖަލްސާއަކީ އެއީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް އިސްތިއުފާ ދެއްވުމާއި ގުޅިގެން ނައިބު ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ޖަލްސާއެވެ.
ނާޒިމް ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން މެމްބަރުންގެ ސޮއިކޮށްފައިވާ ގަރާރެއް ހުށައެޅުމާ ގުޅިގެންނެވެ.
އޭގެ ކުރިން މޭ މަހުގެ އެކި ތާރީހުތަކުގައި ޖަލްސާތައް ބާއްވާފައިވާއިރު، މަޖިލީހުގެ މަސައްކަތްތަކަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ.
މަޖިލިސް ޖަލްސާއެއް ދެން އޮންނާނީ ޖޫން 15ގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ