މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި "ސަރޖިކަލް އައުޓްރީޗް ޕްރޮގްރާމް" އެއް ކުރިއަށްގެންދަން ނިންމާ، ފަރުވާ ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރުމަށް ހުޅުވާލައިފި އެވެ.
ކޭއާރުއެޗުން ކުރިން އިއުލާނެއްގައި ބުނީ، މި ކޭމްޕް ކުރިއަށްދާނީ ޖުލައި މަހު 9-11 އަށް ކަމަށާއި މި ކޭމްޕްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނަކީ ތަޖުރިބާކާރު ޑޮކްޓަރުން ކަމަށެވެ. މި ކޭމްޕްގައި ބަލި މީހުން ބަލައި، އޮޕަރޭޝަން ކުރުމުގެ ހިދުމަތްތައް ދޭނެކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ.
މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ތްރީޓޮޕްގެ ދެ ޑޮކްޓަރެކެވެ. 10 ޑޮކްޓަރުން ހިމެނިވަޑައިގަންނަވާ މި ޓީމުގައި އެއް ޑޮކްޓަރަކުން ފިޔަވާ ދެން ތިއްބެވީ ތަޖުރިބާކާރު ދިވެހި ޑޮކްޓަރުންކަން ފާހަގަކޮށްލެވެ އެވެ.
ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނާއި އެ ބޭފުޅުންގެ ދާއިރާތައް:
- ޑރ އަބުދުﷲ އުބައިދު – އާންމު އަދި ލެޕްރޮސްކޯޕިކް އޮޕަރޭޝަންތަކަށް ހާއްސަ.
- ޑރ އާމިނަތް އަސްމާ – އެނެސްތީޒިއޮލޮޖީގެ ކޮންސަލްޓަންޓް އަދި ޕެއިން މެނޭޖްމަންޓްގެ ހާއްސަ.
- ޑރ މުހައްމަދު ވަހީދު – ޕްލާސްޓިކް އެންޑް ރީކޮންސްޓްރަކްޓިވް އަދި އެޑްވާންސް ވުންޑްކެއަރގެ ހާއްސަ.
- ޑރ އަބްދުﷲ އަދްސަރު – ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ.
- ޑރ އާއިޝަތު އަޒްނާ އަލީ – ގޮހޮރުގެ އަދި ބޭރިއޭޓްރިކް އޮޕަރޭޝަންގެ ހާއްސަ.
- ޑރ މުހައްމަދު ޝިޕާން – ކެންސަރުގެ އޮޕަރޭޝަންގެ ހާއްސަ.
- ޑރ އިބްރާހިމް އާދިލް – އޮޕަރޭޝަންތަކަށް ހާއްސަ.
- ޑރ ޖުމައިލަތު ބޭގަމް – އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ހާއްސަ.
- ޑރ މުބައްޝިރު އަލީ – ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ.
ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިއަދު އިރުއޮއްސި 18:00 އިން ފެށިގެން 6528864 ނަންބަރު ފޯނާ ގުޅުމަށް އެދެމެވެ.
ތަޖުރިބާކާރު އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ކުޅުދުއްފުއްޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ