ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޗައިނާގެ ޓޫރިސްޓަކު އޮޔާ ދަނިކޮށް ފުލުހުންނަށް ފެނިގެން މިއަދު ސަލާމަތްކޮށްފި އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި، ރިސޯޓްގެ ނަން ހާމަ ނުކޮށް ބުނީ އެ މީހާ ފެނުނީ 'ޕޮލިސް ލޯންޗް 54' މާލެއިން ދ. ވާނީއަށް ދަތުރުކުރަނިކޮށް ކަމަށެވެ. ސްނޯކްލިންއަށް މޫދަށް އެރި އުޅެނިކޮށް އެ މީހާ އޮތީ ރިސޯޓަށް ވުރެ މޭލެއްހާ ދުރަށް އޮޔާ ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.
"ފަޅުވެރިން ވަގުތުން އެކަން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަހު ވަނީ އަނބުރާ ރިސޯޓަށް ގެންގޮސްފައި. އޭނާއަށް އެއްވެސް ގެއްލުމެއް ވެފައެއް ނެތް،" ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މޫދަށް އެރި އުޅޭއިރު އެކަމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި އުޅުމަށާއި އޮއިވަރާ މެދު އަބަދުވެސް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ޗައިނާ ޓޫރިސްޓަކު އޮޔާ ދަނިކޮށް ފުލުހުންނަށް ފެނިގެން ސަލާމަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ