އުފުލަންދޫ މަޑުއްވަރިއަށް، ތާވަތާ މީދޫއަށް ދެނީ

އުފުލަންދޫ މަޑުއްވަރީގެ އިހްތިޞާސްތެރޭގައި ހިމަނައި ތާވަތާ މީދޫގެ އިހްތިޞާސްތެރޭގައި ހިމަނަން ނިންމަވާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާނުކުރައްވާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަޑުއްވަރީއަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އުފުލަންދޫ މަޑުއްވަރީގެ އިހްތިޞާސްތެރޭގައި ހިމެނުމުން މަޑުއްވަރީގައި ހިންގަމުން އަންނަ އިގްތިޞާދީ ކަންކަން އެރަށަށް ބަދަލުކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
"ހަމަ ޖެހުމުން އިގްތިޞާދީ ހުރިހާ ކަމެއް ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭހެނކަމެއް އެތަނަށް ބަދަލުކުރުމަށް އަޅުގަނޑު އެދެން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ބިން އިތުރުކުރެވިންގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަޑުއްވަރީ ހިމެނޭހެން ހައުސިންގ މަޝްރޫއުތައް ހިންގުމަށް ނިންމާފައިވާ ރަށްރަށުގައި އެ މަޝްރޫއުތައް ހިންގައިދިނުމަށް މަހުގެ ތެރޭގައި އިއުލާނުކުރާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
އަދި މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.
"މީދޫގެ ތަރައްގީއަށް އެރަށުގެ އިގްތިޞާދީ މަސައްކަތް ކުރުމަށް އެރަށުގެ ބޭނުން ހިފައިގެން ދުރު ރާސްތާއަށް ކަންކަން ހަމަޖެއްސުމަކީ އަޅުގަނޑު އެދޭގޮތް" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ