ސްޕެއިންގައި އޮތް ފިތުރު ފެއާގައި އެމްއެންޕީއާރުސީން ބައިވެރިވެ، ރާއްޖޭގައި ކުރެވޭނެ ތަޖުރިބާތައް ދައްކަނީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި ވިޒިޓް މޯލްޑިވްސް އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ 25 ޕާޓްނަރުން ގުޅިގެން ރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކާ 'ފިތުރު 2025 ފެއާ' މިއަދު ފަށައިފިއެވެ. މިއަހަރުގެ އެންމެ ފުރަތަމަ ބޮޑު ޓްރެވަލް ޓްރޭޑް ފެއާ ކަމަށްވާ ފިތުރު ފެއާ ކުރިއަށްދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ސްޕެއިންގެ މެޑްރިޑްގައެވެ. އެމްއެމްޕީއާރުސީން ބުނީ، ފިތުރު ފެއާއަކީ ފަތުރުވެރިކަމުގެ ދާއިރާގެ 'ބެންޗްމާކް' ހަރަކާތް ކަމަށާއި މިއީ ފަތުރުވެރިކަމުގެ ސިނާއަތުގެ ޕްރޮފެޝަނަލުންނާއި ލެޓިން އެމެރިކާގެ އިންބައުންޑާއި އައުޓްބައުންޑް ބައިނަލްއަގުވާމީ މާކެޓުތަކަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެއް ކަމަށެވެ. ސްޕެއިންގައި އޮތް މިއަހަރުގެ ފިތުރު ފެއާގައި އެމްއެމްޕީއާރުސީން ރާއްޖޭގެ ތަޖުރިބާތައް ދައްކަނީ ---- ފޮޓޯ/އެމްއެމްޕީއާރުސީ އެގޮތުން، މި ފެއާގައި ބައިވެރިވުމަކީ ސްޕެއިންނާއި ޔޫރަޕްގައި ރާއްޖޭގެ ބްރޭންޑުގެ ޕްރެޒެންސް ހަރަދަނާކޮށް، ސަރަހައްދުގެ ލީޑިން މާކެޓުތަކުގެ ޓެރެވަލް އެޖޭންޓުންނާ ވަރުގަދަ ގުޅުންތަކެއް ގާއިމުކުރަން އެހީތެރިވެދޭނެ ކަމެއް ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ. ފެއާގެ ތެރެއިން ދައްކާނެ ރާއްޖޭގެ ޗުއްޓީ ތަޖުރިބާތަކަކީ: ރޮމޭންޓިކް ގޭޓްވޭތައް ވެލްނެސް ރިޓްރީޓްތައް އާއިލީ ޗުއްޓީތައް އެޑްވެންޗާ ޗުއްޓީތައް ހޫނު މޫސުމުގެ ހަރަކާތްތައް ވިންޓާ އެސްކޭޕް އޭގެއިތުރުން، މިއީ ސްޕެއިންގެ އެންމެ ކުރީ ސަފުގައި ނަގާ ކިޔާލެވޭ ޓްރެވަލް އެންޑް ޓްރޭޑް ފެއާގެ ތެރެއިން އެއް ފެއާކަން ފާހަގަކޮށް، މަޓާޓޯއިން ވަނީ ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ބޭފުޅުންނަށް ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދޭނެ ކަމަށް ބުނެފައެވެ. ދިވެހި ކެއުންތައް ރަހަބެލުމާއި ލިބާހާއި ފޭލި ފަދަ ތަކެތި ހިމެނޭ ފޮޓޯ ބެކްޑްރޮޕެއްގައި ފޮޓޯނެގުން ފަދަ ހަރަކާތްތައް ފެއާގައި ކުރިއަށްދާނެކަން އެމްއެމްޕީއާރްސީން ފާހަގަކުރިއެވެ. ދިވެހިރާއްޖޭގެ ތަފާތު އެކި ތަޖުރިބާތައް ދައްކަވުދައިދޭ ވީޑިއޯތައް މި ފެއާގައި ފެންނައިރު، ރާއްޖޭގެ ސްޓޭންޑަށް ޒިރާރަތްކުރާ ފަރާތަކަށް ދިވެހިރާއްޖޭގައި ހިލޭ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭ ރެފްްލް ޑްރޯއެއް އިތާ ހޮލިޑޭސް އިން ސްޕޮންސާ ކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ