ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަނުކުރަން ލަފާދޭން ޖޭއެސްސީން ނިންމައިފި

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް ގެންނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސްކަންދެނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ކަމަށް ނިންމައި، އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.ސުޕްރީމް ކޯޓުގެ ދެ މަގާމަށް މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކޮށްފައިވާއިރު، އެންމެ ގިނައިން މާކްސް ދިނީ ފަނޑިޔާރު ސަލީމަށާއި ހަމީދަށެވެ.ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމުގެ އިޖުރާއަތްތަކަކީ:ކުރިމަތިލާ މީހުންނާ ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުންޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުންމަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުންސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ފޮނުއްވޭނެސުޕްރީމް ކޯޓުގެ ބެންޗުން ދެ ގޮނޑި ހުސްވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެ މަގާމުން ވަކިކުރުމުންނެވެ. އަޒްމިރަލްދާ އާއި މަހާޒު ވަކިކުރީ، އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކުރަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނި މައްސަލައެއް ސާބިތުވާ ކަަމަށް ޖޭއެސްސީން ނިންމުމުން، ރައްޔިތުންގެ މަޖިލީހުންނެވެ.މި މައްސަލަ ސާބިތުވާ ކަމަށް ނިންމި ނަމަވެސް، އދ. ގެ ޖަމިއްޔާތަކުންނާއި އަވައްޓެރި ގައުމުގެ ބާ އެސޯސިއޭޝަންތަކުން ވަނީ ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގާ މެދު ސުވާލުއުފައްދާ، ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ސިފަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ