ހައްޖުގެ އަޅުކަން އަދާކުރަން ރައީސްގެ ދެކަނބަލުންނާއި ގިނަ ވަޒީރުންތަކެއް ސައުދީއަށް ހައްޖުގެ އަޅުކަން އަދާކުރަން ރައީސްގެ ދެކަނބަލުންނާއި ގިނަ ވަޒީރުންތަކެއް ސައުދީއަށް

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރައީސް މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސައުދީއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. ރައީސްގެ ދެކަނބަލުންނާއެކު ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ވެސް މި އަހަރުގެ ހައްޖަށް ފުރި އެވެ.
ސަރުކާރުން ބުނީ މި ވަފުދުގައި ހިމެނޭ އެންމެ ސައުދީގައި ތިބޭނީ އެ ގައުމުގެ ސަރުކާރުގެ ހާއްސަ މެހްމާންދާރީގައި ކަމަށެވެ.
މި ވަފުދުގައި ހިމެނެނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލުގެ ދެކަނބަލުން، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެ ކަނބަލުން، އިސްލާމީ މަރުކަޒުގެ އިސް އިމާމު، ޝެއިހް މުހައްމަދު ލަތީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުހައްމަދު ޝަހުދީ އެވެ.
މި އަހަރު ވެސް ސައުދީ އަރަބިއްޔާއިން ވަނީ ރާއްޖެއަށް 1000 ހައްޖު ކޯޓާ ދީފަ އެވެ. ދިވެހި ހައްޖުވެރިން ތިބީ ސައުދީގަ އެވެ. ހައްޖުވެރިން ދަތުރުކުރީ މޯލްޑިވިއަންގެ ދެ ބޯޓުގައި އަދި ސައުދީ އެއާގެ ދެ ބޯޓެއްގަ އެވެ.
ދިވެހި ހައްޖުވެރިން ހައްޖު ދަތުރުގައި އާންމުކޮށް 20 ނުވަތަ 25 ދުވަސް ހޭދަ ކުރެ އެވެ. ނަމަވެސް ސަރުކާރުން ވަނީ އެ މުއްދަތު މިފަހަރު އެންމެ 15 ދުވަހަށް ކުޑަކޮށްފަ އެވެ. ހައްޖު ދަތުރުގެ މުއްދަތު މަދު ކުރި ނަމަވެސް ހައްޖުވެރިންނަށް ޑިސްކައުންޓެއް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ