ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް ލެގިލެވޭ މުސައްލައެއް ލިބޭ މިއަދުގެ ސުވާލު!: ޟުޙާ ނަމާދު ކުރިކަމަށްވާނީ މަދުވެގެން ކިތައް ރަކްޢަތް ކުރުމުން؟

ބަރަކާތްތެރި ރަމަޟާން މަސް ވަރަށް ކައިރިވެފައި އޮތުމުން މިހުޅުވާލަނީ ރަމަޟާންމަހަށް ޚާއްޞަ ފުރުޞަތެކެވެ. އަންހެނުން ގޭގައި ތިބެ އަޅުކަންކުރަން ގިނަ ވަޤުތު ހޭދަކުރާއިރުވެސް ފިރިހެނުން މިސްކިތުގައި  ގިނައިރު ތިބޭއިރުވެސް ލެގިލައިގެން އިނދެވޭނެ މުސައްލައެއް ހަމަ ހިލޭ ހޯއްދެވުމުގެ ފުރުޞަތެކެވެ. ކޮށްލަދެއްވަން އޮތް ކަމަކީ ތިރީގައިވާ ސުވާލަށް ޖަވާބެއް ފޭސްބުކްގައި ދެއްވުމެވެ. 
މިއަދުގެ ސުވާލު:
ޟުޙާ ނަމާދު ކުރިކަމަށްވާނީ މަދުވެގެން ކިތައް ރަކްޢަތް ކުރުމުން؟ 
އެހީ:
ޟުޙާ ނަމާދަކީވެސް 2 ރަކްޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. އެންމެ މަދުމިނީ 2 ރަކްޢަތެވެ. 
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ. ސުވާލުގެ ތިރީގައި ޝާއިޢުވެސް ކުރެވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެލެއްވުން ވަރަށް ބޮޑަށް އެދެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ