ޓިރްޓިރް ބްރޭންޑުން އާ ފައުންޑޭޝަންއެއް ނެރެފި

ޓިރްޓިރް އަކީ ކޮރެއާގެ އިންފްލުއެންސަރެއް ކަމަށްވާ ލީ ޔުބިން އުފައްދާފައިވާ ކޮރެއާގެ ބިއުޓީ ބްރޭންޑެކެވެ. މި ބްރޭންޑުގެ އެންމެ މަގުބޫލު އެއް އުފެއްދުމަކީ 'މާސްކް ފިޓް ރެޑް ކުޝަން' ފައުންޑޭޝަން އެވެ. 
ބްރޭންޑްގެ 'ފްލެގްޝިޕް' ޕްރޮޑަކްޓެއްގެ ގޮތުގައި ބެލެވޭ މި ފައުންޑޭޝަންއަކީ އޮމާން އަދި ހަމުގެ އެކި ކުލަތަކާ ގުޅޭ ގިނަ ކުލަތަކެއް ވެސް ނެރެފައިވާ އުފެއްދުމެކެވެ.
ޓިރްޓިރްއިން ގުދުރަތީ ގޮތުން އޮމާން އަދި އުޖާލާ 'ލުކް'އެއް ގެނެސްދޭ ބިއުޓީ އުފެއްދުންތަކެއް ނެރެން ފެށީ ކޮރެއާއިން ފެށުނު 'ގްލާސް ސްކިން' ޓްރެންޑު އެންމެ ގަދައަށް ފެތުރެމުން ދިޔަ ދުވަސްވަރެވެ. މި ބްރޭންޑުން މޭކަޕްގެ އިތުރުން ސްކިންކެއާގެ އުފެއްދުންތައް ވެސް ނެރެފައިވެ އެވެ.
ޓިރްޓިރްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ 'މާސްކް ފިޓް އޭއައި ފިލްޓާ ކުޝަން' ކުރިން ނެރުނު ރަތް ފައުންޑޭޝަން ދަޅުތަކާ ހިލާފަށް ތައްޔާރުކޮށްފައިވަނީ ހިތްގައިމު އޮރެންޖު ކުލައެއްގަ އެވެ.
'މާސްކް ފިޓް އޭއައި ފިލްޓާ ކުޝަން' އިން ފުރިހަމައަށް 'ޕޯ ކަވަރޭޖް' ފޯރުކޮށްދީ، އޮމާންކޮށް 'މެޓް ފިނިޝް'އެއް ވެސް ގެނެސްދެ އެވެ. މި ޕްރޮޑަކްޓްގައި އެކުލެވޭ ހިމުން ފުށްތަކުގެ ސަބަބުން ފައުންޑޭޝަން ގިނަ އިރު ވަންދެން މޫނުގައި އޮމާންކޮށް ހުރެ އެވެ. އަދި ޓިރްޓިރްއިން ބުނިގޮތުގައި މި ފައުންޑޭޝަންގެ ސަބަބުން 'ޕޯސް' ބެދި ހަންގަނޑު ތަގައްޔަރެއް ނުވާނެ އެވެ.
ޓިރްޓިރްގެ އެންމެ ފަހުގެ ފައުންޑޭޝަން އަންނަނީ މިހާރު ވެސް މަގުބޫލު ވަމުންނެވެ. އާއްމުކޮށް އެ ބްރޭންޑުން 40 އަށް ވުރެ ގިނަ ކުލަ ފައުންޑޭޝަންގެ ގޮތުގައި ނެރެފައިވާއިރު 'މާސްކް ފިޓް އޭއައި ފިލްޓާ ކުޝަން'އަށް މިހާތަނަށް ނެރެފައި ވަނީ އެންމެ 15 ކުލަ އެވެ.
ހަމައެކަނި ކޮރެއާގައި ލޯންޗު ކުރި މި ފައުންޑޭޝަން ބައިނަލްއަގްވާމީކޮށް އިތުރު ކުލަތަކާ އެކު މި އަހަރު ނެރޭނެ ކަމަށް އެ ބްރޭންޑުން ބުނެފައި ވެ އެވެ. އެކަމަކު މިހާރު ވެސް ގިނަ އަދަދެއްގެ ބިއުޓީ އިންފްލުއެންސަރުން ވަނީ މި ޕްރޮޑަކްޓުގެ އަޖުމަ ބަލައިފަ އެވެ. އަދި އޭގެ ތެރެއިން ގިނަ ރިިވިއުތައް ރަނގަޅު ކަމަށް ފާހަގަ ކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ