ފަލަސްތީނުގެ ދައުލަތެއް އެމީހުންގެ އަމިއްލަ ވަޠަނުގެ ބަދަލުގައި ސައޫދީ އަރަބިއްޔާގައި ޤާއިމުކުރެވިދާނެކަމަށް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނިބުނުން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ބުރާސްފަތި ދުވަހު އިސްރާއީލުގެ ޗެނަލް 14 އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ވަނީ "ސައޫދީ އަރަބިއްޔާގައި ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރެވިދާނެކަމަށާއި، އެމީހުންގެ އަތުގައި ވަރަށް ގިނަ ބިން އެބަހުރިކަމަށް'' ބުނެ ބޮޑާކަމާއި ކިބުރުވެރިކަން ދައްކާލާފައެވެ.
ނަތަންޔާހޫގެ މިވާހަކައާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި، ސަޢޫދީ ޢަރަބިއްޔާގެ ސަރަޙައްދުގެ ތެރޭގައި ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ގޮވާލައި ނަތަންޔާހޫ ދައްކާފައިވަނީ ޒިންމާދާރުކަން ކުޑަ އަދި ޚުޞޫމާތު އުފެދޭފަދަ ވާހަކަތަކެއްކަން ފާހަގަކޮށް، އެވާހަކަތައް ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މި ބަޔާނުގައި ސަޢޫދީ ޢަރަބިއްޔާގެ މިނިވަންކަމާއި، ސަލާމަތާއި، ބިމުގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ބަޔާނެއް ކަނޑައެޅިގެން ބަލައިނުގަންނަ ކަމުގައި ރާއްޖެއިން ވަނީ ބުނެފައެވެ. އަދި މިފަދަ ބަޔާންތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރުގެ ސާފު ޚިލާފުވުމެއްކަން ވެސް ފާހަގަކޮށްފަވެއެވެ.
އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގެނެ 1967 ގެ ބޯޑަރުތަކަށް ތަބާވުމަށް ދިވެހި ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން މި ބަޔާނުގައި ވެސް ތަކުރާރުކޮށްފައިވާއިރު، ޔަހޫދީ ވެރިންގެ މިފަދަ ނަފްރަތުގެ ބަޔާންތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ތެދުވުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
ނަތަންޔާހޫ ދެއްކި ވާހަކަތަކަކީ ހަމައެކަނި ސަޢޫދީ ޢަރަބިއްޔާގެ މިނިވަންކަމާ ޚިލާފުވުމެއް ނޫންކަމަށާއި، އަދި އެއީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓެނިވި ގޮތެއްގައި ނިގުޅައިގަތުމެއްވެސް ރާއްޖޭގެ ބަޔާނުގައި ބުނެފަވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ސައޫދީގައި ފަލަސްތީނު ރައްޔިތުން ވަޒަންވެރިކުރެވިދާނެ ކަމަށްބުނެ ނަތަންޔާހޫ ދެއްކި ވާހަކަ ރާއްޖެއިން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ