މިދިޔަ އަހަރު ޑްރަގް ކޯޓަށް 728 މައްސަލަ ހުށަހެޅިއިރު، އެ ކޯޓަށް ހުށަހެޅި މައްސަލަތައް އޭގެ ކުރީ އަހަރަށްވުރެ 20 ޕަސަންޓު އިތުރުވެއްޖެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑްރަގް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 597 މައްސަލަ ނިންމައި، 596 މީހުން ފަރުވާއަށް ފޮނުވާފައިވާއިރު، އެ ކޯޓުގައި ނުނިމި ހުރި މައްސަލަތައް އޭގެ ކުރީ އަހަރަށްވުރެ 9.5 ޕަސަންޓު ދަށްކުރެވިފައިވެ އެވެ.
ނަމަވެސް މަސްތުވާތަކެތީގެ ފަރުވާ ނުފެށި މިދިޔަ އަހަރު 457 މީހުން ތިބި ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މަސްތުވާތަކެއްޗަށް ފަރުވާ ލިބުން ލަސްވުމަކީ އަބަދުވެސް އޮންނަ ބޮޑު ޝަކުވާއެކެވެ. އަދި މަސްތުވާތަކެއްޗަށް އެކަށީގެންވާ ވަށާޖެހޭ ފަރުވާއެއް ނުލިބޭތީ އެކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އޮވެ އެވެ.
މިދިޔަ އަހަރު މަސްތުވާތަކެއްޗަށް ފަރުވާ ދޭ ނުވަ މަރުކަޒުގައި 806 މީހުން ފަރުވާ ފުރިހަމަ ކުރަމުން ދިޔަ އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު މަސްތުވާތަކެއްޗަށް ފަރުވާ ނުފެށި 457 މީހުން ތިބި ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކޯޓުން ހުކުމްކުރި މަސްތުވާތަކެތީގެ 149 މައްސަލައިގެ ތެރެއިން ސާބިތުވީ 39 މައްސަލަ އެވެ.
މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް މަސްތުވާތަކެތީގެ 228 މައްސަލައެއް ހުށަހަޅާފައިވާއިރު، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅީ 305 މައްސަލައެކެވެ.
މީގެ އިތުރުން މިދިޔަ އަހަރު ޝަރުއީ ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 42 ޕަސަންޓް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.
ޑްރަގް ކޯޓަށް ހުށަހެޅި މައްސަލަތައް 20 ޕަސަންޓު އިތުރުވެއްޖެ ޑްރަގް ކޯޓަށް ހުށަހެޅި މައްސަލަތައް 20 ޕަސަންޓު އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ