މައްސަލަ ހައްލުކޮށް، މުޅި މާލެއަށް ކަރަންޓު ދީފި

މާލެއިން ކަރަންޓު ކެނޑުނީ، ސްޓެލްކޯގެ އިންޖީނުގެއަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު 11:35 އެއް ހާއިރު، މާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ. އެގޮތުން، މުޅި މާލެއިން ކަރަންޓު ކެނޑިގެން ދިއުމާއި ގުޅިގެން ދިމާވި މައްސަލަ ބަލައި، ސްޓެލްކޯއިން ވަނީ މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓު ދީފައެވެ.
ސްޓެލްކޯއިން ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރިވީ، އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިންޖީނުތައް ނިވިގެން ކަމަށެވެ. މިހާރު އިންޖީނުތައް އަލުން ހިންގަންފަށާފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއް ސްޓެލްކޯއިން ހާމަކޮށްފައި ނުވިނަމަވެސް، މާލެއަށް ކަރަންޓު އަނބުރާ ދޭން ފެށިފައިވަނީ ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރު ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ