އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމައިފި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފި ކަރަންޓު ބިލުތަކުގެ ތެރެއިން ގިނަ ބިލުތައް އެއްވަރުވީ ޑިސްކައުންޓް ދިނުމުން ސަންލޭންޑު ނަޒީރު އަވަހާރ

ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ކަމާ ގުޅުންހުރި ތަންތަނަށް ގޮސް ގުޅުންހުރި މީހުންގެ ބަޔާން ނަގަން ފަށާފައިވާ ކަމަށް، ރިޔާސީ ކޮމިޝަނުން ހާމަކޮށްފިއެވެ.
ރައީސް އުފެއްދެވި ފަސް މެންބަރުންގެ ކޮމިޝަންގެ ފަރާތުން ‘އެކްސް’ގައި ލިޔެފައިވާ ގޮތުގައި، ކޮމިޝަންގެ މެންބަރުން ވަނީ މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރަން ފަށްޓާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ ބުނީ، ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި، އެ ރޭ ރައުދު ހިމެނޭހެން ހަތަރު މީހަކު ފެންޓެނޯއީގޭގައި ތިބި ކަމަށެވެ. ޔުމްނު އާ ހަވާލާދީ އޭނާގެ ދައްތަ އިތުރަށް ބުނީ، އެ ގެއަށް ދާން ޔުމްނަށް ދައުވަތު ދިނީ ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ