ތިމާކުރާ އަޅުކަން ފުރިހަމަކުރެވެން އޮތީ މިކަންކަމަށް ސަމާލުކަންދީގެން! ސަމާލުކަން ދެވުނު ވަރަކުން!

ދީނުިގެ ބައެއް ވާހަކަތައް ދެއްކުމުން ދުނިޔަވީ މިޘާލު ނުވަތަ ޙުއްޖަތް ނުވަތަ ދަލީލު ދައްކަން އެދެއެވެ. އެހެންވެ މިރޭގެ ނަޞޭޙަތުގެ ބަސްކޮޅު މިފަށަނީ ސަލާމަތް ބުއްދިއަކާއިގެން ވިސްނައިފިނަމަ ޔަޤީންކުރެވޭނެ ދަލީލުތަކާއިއެކުގައެވެ.
މިނިކާވަގު ދިރިއުޅޭ ޖަންގައްޔެއް ހުރަސްކުރާނަމަ ހަމައެކަނި ބަޑިއެއް ހިފައިގެން ކުރިއަށްދާން ހެޔޮވެދާނެ ހެއްޔެވެ؟ ކުއްލިއަކަށް ނުކުންނަ މިނިކާވަގެއް ތިބާގެ ބަޑިއޮތް އަތަށް ފުންމާލައި ދީފާނެ ހަމަލާއަކަށް ބިރުގަންނަން ނުޖެހޭނެ ހެއްޔެވެ؟ އެކަމަށް އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް ނުއަޅައި ކުރިއަށްދާން ހެޔޮވެދާނެ ހެއްޔެވެ؟
ދެންވެސް މިކުރަނީ ހަމަ ސުވާލުތަކެކެވެ!
ތިބާ ދިރިއުޅޭ ގޭގައި ވިހަގަދަ ހަރުފައެއް އުޅޭކަން އެބަ އެނގެއެވެ. އެ ހަރުފަ އަތުލައި ގަނެ ގެއިން ބޭރުނުކޮށް އެގޭގައި ދިރިއުޅެން ހެޔޮވެދާނެ ހެއްޔެވެ؟ ހަރުފައިން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނުއަޅައި ސަލާމަތްކަމެއް ލިބިދާނެ ހެއްޔެވެ؟
މީސްތަކުންނޭވެ! ޝައިޠާނާއަކީ މިނިކާވަގަށްވުރެ މާ ނުރައްކާތެރި ހަމަލާދޭ އެއްޗެކެވެ. އަދި އެންމެ ވިހަ ގަދަ ހަރުފައަކީވެސް ޝައިޠޯނާއެވެ! އެ ވިހަގަދަ ހަރުފަ މިއަދު މިވަނީ އަހަރެމެންގެ ގެތަކަށް ވަނުމުގެ އިތުރުން އަހަރެމެންގެ ޖީބުތަކަށްވެސް ވަދެފައެވެ. އަދި މީސްތަކުން އެކަމަށް ޣާފިލުކުރުވިވަރުން އެއީ ރަނގަޅު ބައިވެރިއެއް ކަމަށްވެސް މިވަނީ ބަލައިގެންފައެވެ. އެއިން ކުރެވޭ ކޮންމެ ބޭނުމަކީ ރަނގަޅު ފައިދާހުރި ކަމަކަށް މިވަނީ ހަދައިފައެވެ.
މިދައްކަނީ މުނިފޫހިފިލުވުމުގެ ވާހަކައެވެ. ގޭގައި ހުރި ޓީވީތަކުގެ ވާހަކައެވެ! ޖީބުގައި ގެންގުޅޭ މޯބައިލްފޯންތަކުގެ ވާހަކައެވެ. އެތަކެތީގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފުމުން މަގުން ކައްސާލައި ޢާޚިރަތް ދުވަހު ސަލާމަތް ނުވެވިދާނެ ކަމުގެ ވާހަކައެވެ.
މީސްތަކލުންނޭވެ! ޓީވީ ވެސް ބަލާށެވެ! ފޯނުވެސް އަތުގައި ގެންގުޅޭށެވެ! ނަމަވެސް އެއިގެ ނުރައކައުތެރިކަން ހިތަށް ގެނެސް ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! އެއިގައިވާ ޝައިޠާނީ ބާރަށް ބިރުވެތިވާށެވެ! ނަރަކައަށް ބިރުވެތިވެވޭނީ މިކަންކަމަށް ބިރުވެތިވެގެންނެވެ!
މިއަހަރުގެ ރަމަޟާން މަސް ނިމިއްޖެއެވެ. އެކަމަކު ގިނަ ބައަކު އަންނަނީ ޤަޟާ ރޯދަތަކާ ސުންނަތް ރޯދަތައް ހިފަމުންނެވެ. ރަމަޟާން މަސް ފާއިތުވެގެން ދިއުމަކީ ހިފާ ރޯދައަށް ދޭންޖެހޭ ސަމާލުކަން ކުޑަކުރަން އޮތް ސަބަބެއް ނޫނެވެ. ހިފައިގެން ހުރީ ސުންނަތް ރޯދައެއް ނަމަވެސް ރޯދައަށް ފޭންޖެހޭ ސަމާލުކަންދޭށެވެ! ޓީވީ ބެލުމާއި ފޯނުގައި ވަޤުތު ހޭދަކުރުމުގައި ދޭންޖެހޭ ސަމާލުކަންދޭށެވެ. ހިފި ރޯދައިގެ ޘަވާބު ލިބޭނީ އެއިރުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ