އެމެރިކާގެ އެފްބީއައި، ޑީއީއޭ، ހޯމްލޭންޑް ސެކިއުރިޓީ އަދި އެމްބަސީއަށް ފުލުހުންގެ ފަރާތުން ޝުކުރު އަދާ ކުރުމުގެ ފިލާ ދީފި އެމެރިކާގެ އެފްބީއައި، ޑީއީއޭ، ހޯމްލޭންޑް ސެކިއުރިޓީ އަދި އެމްބަސީއަށް ފުލުހުންގެ ފަރާތުން ޝުކުރު އަދާ ކުރުމުގެ ފިލާ ދީފި

އެމެރިކާއިން ދިވެހި ފުލުހުންނަށް ކޮށްދޭ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެގައުމުގެ އެކި އިދާރާތަކަށް އަދި އެމްބަސީއަށް ފުލުހުންގެ ފަރާތުން ރަން ފިލައެއް އަރުވައިފި އެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެމެރިކާގެ އެމްބަސީގެ އިތުރުން ތިން އިދާރާއަކަށް ވަނީ ރަން ފިލާ ދީފަ އެވެ. އެއީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ޔޫއެސް ހޯމްލޭންޑް ސެކިއުރިޓީ އާއި ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން އެވެ.
އޭގެ އިތުރުން ޖަޕާން އެމްބަސީ އާއި ޗައިނާ އެމްބަސީ އާއި އޮސްޓްރޭލިއާގެ ފުލުހުން އަދި އިނގިރޭސިވިލާތުގެ އެމްބަސީއަށް ވެސް ފުލުހުންގެ ފަރާތުން ވަނީ ހަނދާނީ ފިލާ ދީފަ އެވެ.
ހަނދާނީ ފިލާ
ހަނދާނީ ރަން ފިލާ
ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ފާހަގަ ކުރީ އެ އިދާރާގެ 92 ވަނަ އަހަރީ ދުވަހެވެ. ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާ ބޭއްވިއިރު، ފުލުހުންނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އެއީ މި ހިނގާ އޭޕްރީލް 18، ގައި އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ މައްސަލައިގައި ތަހުގީގު ކުރިއަށްގެންދާ ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.
އެ މައްސަލައިގައި ފުލުހުން ހާމަ ކުރި ބައެއް މައުލޫމާތު ދޮގުކަން ވަނީ ފަޅާއަރައިފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ރައުދު އަހުމަދު، 21، ހައްޔަރުނުކޮށް ގިނަ ދުވަސްވުމާއި އޭނާއަށް ކުރެވޭ ތުހުމަތުތައް ސިއްރު ކުރުމުން ވެސް ފުލުހުންނަށް ފާޑުކިޔުން އަމާޒުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ