މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް މިރޭ އުފައްދަވައިފި އެވެ.
ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަންގައި ހިމެނެނީ ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އަދި ޑރ. މުހައްމަދު ހަބީބު އެވެ.
އެ ކޮމިޝަންގެ ރައީސަކަށް މުނައްވަރު ހަމަޖައްސަވާފައިވާކަން ރައީސްގެ ގަރާރުގައި ބަޔާންކުރައްވާފައިވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައި މިވަނީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން އެކަމަށް ޑިމާްންޑު ކޮށްފައި ވަނިކޮށެވެ.
ޒުވާނުންގެ ފަރާތުން ޖުމުލަ 10 ޑިމާންޑެއް ސަރުކާރަށް ކޮށްފައިވެ އެވެ.
ޒުވާނުން ޑިމާންޑުކުރި ގޮތަށް ޔުމްނުގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދައިފި ޒުވާނުން ޑިމާންޑުކުރި ގޮތަށް ޔުމްނުގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ