ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ ވަކިވެއްޖެ

ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި މއ. ރެސްޓިންހައުސް, ފާތިމަތު އިނާޔާ އެ މަގާމުން ވަކިވެއްޖެއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ ވަކިވި ނަމަވެސް، މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމުގައި އޭނާ ދެމިއެބަހުއްޓެވެ. ނަމަވެސް, އެ މަގާމުން އޭނާ ވަކިކުރީ ކަމެއް ނުވަތަ އިސްތިއުފާދެއްވީ ކަމެއް ކަށަވަރެއް ނުވެއެވެ. އިނާޔާ ވަނީ އޭނާ ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުރި ދުވަސްވަރު ކުރި މަސައްކަތަށް ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. https://sun.mv/185962 އިނާޔާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރި އަންހެން ބޭފުޅާއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ޑިސެމްބަރު 12، 2023 ގައެވެ. ފޮރިން ސެކްރެޓެރީއަކީ ގައުމެއްގެ ޚާރިޖީ ކަންކަމާއި ޑިޕްލޮމެސީ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ސަރުކާރުގެ އިސް ބޭފުޅެކެވެ. މި މަގާމުގެ ދައުރަކީ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ގައުމު ތަމުސީލުކުރުމާއި މުއާހަދާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމާއި ހާރިޖީ ސިޔާސަތު ތަރައްގީކޮށް ތަންފީޒު ކުރުމާއި އެމްބަސީތައް ބެލެހެއްޓުމާއި ބައިނަލްއަގުވާމީ ކަންކަމުގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ކީ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ