ޖައްވުގައި ނުވަ މަސް ހޭދަކުރަން ޖެހުނު ދެ އެސްޓްރޮނޯޓުން އަނބުރާ ގެނެސްފި
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގައި ނުވަ މަސް ހޭދަކުރި ނާސާގެ ދެ އެސްޓްރޯނެޓުން ބިމަށް ގެނެސްފިއެވެ. އެސްޓްރޮނޯޓުން ސުނީތާ ވިލިއަމްސްއާއި ބަޗް ވިލްމޯރް ޖައްވަށް ދިޔައީ މިދިޔަ އަހަރުގެ ޖޫން މަހު ބޮއިންގް ސްޓާލައިނާގެ ކެޕްސޫލް ޓެސްޓް ކުރުމަށް އަށް ދުވަހުގެ މިޝަނަކަށެވެ. ނަމަވެސް އެމީހުން ޖައްވަށް ގެންދިޔަ އުޅަނދު، ބޮއިންގް ސްޓާލައިނާއަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުން ނާސާއިން ނިންމީ އެމީހުން ޖައްވީ މަރުކަޒުގައި ބޭތިއްބުމަށެވެ. ނާސާގެ އެސްޓްރޮނޯޓް ބަޗް ވިލްމޯ، ނިކް ހޭގް، އަދި ސުނީތާ ވިލިއަމްސް އާއި ރޮސްކޯސްމޯސްގެ ކޮސްމޮނޮޓް އެލެކްސަންޑް ގޯރބޫނޯވް ސްޕޭސްއެކްސް ރިކަވަރީ ޝިޕް މެގަން ގައި. ފޮޓޯ/ރޮއިޓާސް ނާސާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިނުވި ނަމަވެސް ނާސާގެ އޮފިޝަލުން ވަނީ އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ. އަދި އެ މީހުން އަނެއްކާވެސް ގްރެވިޓީއަށް ހޭނެން ވަގުތު ނަގާނެ ކަމަށާއި އެ ދެ މީހުން އާއިލާއާ ބައްދަލު ކުރުމުގެ ކުރިން ސިއްހީ ހާލަތު ބަލާނެ ކަމަށް އޮފިޝަލުން ބުނެއެވެ. ނާސާގެ ސްޕޭސް އޮޕަރޭޝަންސް މިޝަން ޑިރެކްޓަރޭޓްގެ ޑެޕިއުޓީ އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރު ޖޯއެލް މޮންޓަލްބަނޯ ވިދާޅުވި ގޮތުގައި ސުނީ އާއި ބަޗް އައިއެސްއެސްގައި އުޅުނު ދުވަސްތަކުގައި 150 އެކްސްޕެރިމެންޓާއި 900 ގަޑިއިރުގެ ދިރާސާ ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ