މޯލްޑިވިއަންގެ ފްލައިޓެއް ކުޅުއްދުއްފުށީގައި ނުޖެއްސިގެން އެނބުރި މާލެއަށް

މޯލްޑިވިއަންގެ ފްލައިޓު Q2442 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުދުއްފުއްޓަށް ދިއުމަށް ފުރާފައި ވަނީ މިއަދު ހެނދުނު 8:34 ގައެވެ. އެބޯޓު ކުޅުދުއްފުށި އެއާޕޯޓަށް ޖައްސަން އޮތީ 9:20 އަށެވެ.
މިއަދު ހެނދުނު ހދ. ކުޅުދުއްފުއްޓަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް މޫސުން ގޯސްވުމުގެ ސަބަބުން ނުޖެއްސި، އެނބުރި މާލެ އަތުވެއްޖެ އެވެ.
މޯލްޑިވިއަންގެ ފްލައިޓު Q2442 ވެލާނާ އެއާޕޯޓުން ކުޅުދުއްފުއްޓަށް ދިއުމަށް ފުރާފައި ވަނީ މިއަދު ހެނދުނު 8:34 ގައެވެ. އެބޯޓު ކުޅުދުއްފުށި އެއާޕޯޓަށް ޖައްސަން އޮތީ 9:20 އަށެވެ. ނަމަވެސް ވައި ގަދަވުމުގެ ސަބަބުން ދެ ގަޑިއިރެއްހާއިރު މަތީގައި އޮތުމަށްފަހު ފްލައިޓް ވަނީ އެނބުރި މާލެ އައިސްފަ އެވެ. ބޯޓު ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ ނ. މާފަރު އެއާޕޯޓަށް ޖެއްސުމަށެވެ. ގާތްގަނޑަކަށް 11:00 ހާއިރު އެ ބޯޓު އެނބުރި މާލެ އައިސްފައި ވަނީ މާފަރަށް ވެސް ނުޖެއްސުމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮތީ މިއަދު ހަވީރު 4:00 އާ ހަމައަށް އިތުރަށް ވައިޓް އެލާޓް ނެރެފަ އެވެ. ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ނެރެފައި އޮތް އެ އެލާޓުގައި، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ