ޑޮލަރު ވިއްކަން އެ ގުޅަނީ ޓެޑްރީއެއް ނޫން، ބޮނޑިއެއް ނުބޯތި

ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ ސަމާލު ވާން އޭނާ އެދިއްޖެ އެވެ.
ޓެޑްރީ މިއަދު ބުނީ އޭނާގެ ނަމާއި ފޮޓޯ ބޭނުން ކޮށްގެން ޓެލެގްރާމްގައި ފޭކް އެކައުންޓެއް ހަދައިގެން، ކޮންމެވެސް މީހަކު ޔޫއެސް ޑޮލަރުގެ ހީލަތްތެރި މުއާމަލާތް ހިންގަމުން ދާކަން އެނގިފައިވާ ކަމަށެވެ.
މި އެކައުންޓާއި ލިންކު ކޮށްފައިވާ އީމެއިލް އަކީވެސް އޭނާއާ އެއްވެސް ގުޅުމެއް އޮތް އީމެއިލެއް ނޫން ކަަމަށް ވެސް ބުންޏެވެ.
Advertisement
"...އަދި މަށަކީ އެއްވެސް އިރެއްގައި ޑޮލަރުގެ ވިޔަފާރި ކުރި މީހެއް ނޫން. އެހެންވީމަ އެއްވެސް ފަރާތަކުން މި ލަޓޯފަޓޯ ހީލަތުގައި ނުޖެހޭތި، ބޮނޑިއެއް ނުބޯތި," ޓެޑްރީ ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
މަޝްހޫރު މީހުންގެ ފޮޓޯ ބޭނުންކޮށްގެން އަދި އެއީ އެ މީހުން ކަމަށް ހެދިގެން މީހުންގެ އަތުން ފައިސާ ހޯދުމަށް ސްކޭމް ހިންގުން އޮތީ ހައްދުން ނެއްޓިފަ އެވެ. އެފަދަ ސްކޭމް ތަކުގައި ޖެހި އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވެ އެވެ.
ސްކޭމްގެ ވަރަށް ގިނަ އަމަލުތައް ހިންގަނީ ޖަލުގައި ތިބޭ ކުށްވެރީން ކަމަށް އަޑުތައް އޮވެ އެވެ. ސްކޭމްގެ ވަރަށް ގިނަ ކޯލްތައް އަންނަނީ ޖަލުންނެވެ. އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ