ޑޫންގެ ތިންވަނަ ބަޔަށް ޕެޓިންސަން ކާސްޓްކޮށްފި
އެކެޑެމީ ގިނަ އެވޯޑުތަކެއް ލިބިފައިވާ ސައިންސް ފިކްޝަން ފްރެންޗައިޒް ކަމަށްވާ "ޑޫން"ގެ ތިންވަނަ ބަޔަށް މަޝްހޫރު އެކްޓަރު ރޮބާޓް ޕެޓިންސަން ކާސްޓްކޮށްފިއެވެ. ވޯނަބްރޯސްއިން އުފައްދާފައިވާ ފިލްމު ޑޫންގެ ފުރަތަމަ ބައި ވަނީ ބޮޑު ހިޓަކަށް ވެފައެވެ. ކޮވިޑްގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ފިލްމު ހޯދި އިރު 2022 ވަނަ އަހަރު އޮސްކާގައި އެންމެ ގަދައަށް ވިދާލި އެއް ފިލްމަކީ ޑޫން އެވެ. އެއާއެކު ދެވަނަ ބައި "ޑޫން ޕާޓް 2" ދައްކާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެއަށްފަހު ފިލްމުގެ ތިންވަނަ ބައެއް ނެރޭނެކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މިހާރު ފިލްމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު ތިންވަނަ ބަޔަށް އޭލިސްޓު ތަރިއެއް ވަނީ އިތުރުކޮށްލާފައެވެ. އެއީ ޕެޓިންސަންއެވެ. ފިލްމުގައި ޕެޓިންސަންގެ ރޯލު ބޮޑުވާނެ ކަމަށާއި އޭނާ ފެންނާނީ ވިލަނެއްގެ ރޯލުން ކަމަށް ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ. އާ ފިލްމު ޑައިރެކްޓު ކުރާނީ ޑެނިސް ވިލިނޫވް އެވެ. ފިލްމުގެ ފުރަތަމަ ދެ ބައި ވެސް ޑައިރެކްޓު ކޮށްފައިވަނީ އޭނާއެވެ. ފިލްމުގެ ޑައިރެކްޝަނުގެ މަސައްކަތަށް ވެސް އަންނަނީ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންނެވެ. އާ ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ނޭނގެއެވެ. ނަމަވެސް މި ފިލްމު ރިލީޒްކުރާ ދުވަސް އަވަސް ވާނެ ކަމަށް ބައެއް ކްރޫއިން އިޝާރާތް ކުރެއެވެ. ފުރަތަމަ ފިލްމާއި ދެވަނަ ފިލްމާ ދެމެދުގައި ތިން އަހަރުގެ ގެޕެއް އޮތް ނަމަވެސް ދެވަނަ ފިލްމާއި ތިންވަނަ ފިލްމާ ދެމެދު އެހާ ގިނަ ދުވަސް ނުވާނެ ކަމަށް މައުލޫމާތު ލިބެއެވެ. ތިންވަނަ ފިލްމާ އެކު ކާސްޓަށް އަނެއްކާވެސް ބަދަލު އަައުމަށް ހަމަޖެހިފައިވާއިރު ލީޑުން ފެނުނު ޒެންޑެޔާ އާއި ޓިމޮތީ ޝަލަމޭ އަދި ރިބެކާ ފާގަސަން މި ފިލްމުން ވެސް ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ