އަވައްޓެރި ބައެއް ގައުމުތަކުގައި މި ދުވަސްވަރު ޗިކަންގުންޔާ ފެތުރޭތީ އީދު ބަންދަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީކިހިނެއް؟ - އެޗްޕީއޭއިން މިކަމަށް އިލްތިމާސްކޮށްފައި ވަނީ، އެ އޮތޯރިޓީން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
ބުނީ ކީކޭ؟ - "އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ދަނީ ހަލުވިކަމާއެކު ފެތުރެމުން, މި ބަންދުގައި ބޭރަށް ދަތުރު ކުރައްވާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަންދެއްވާ!" އެޗްޕީއޭއިން ބުންޏެވެ.
އެއާއެކު އެ ޕޯސްޓުގައި ސަމާލުކަން ދޭން ޖެހޭ ކަންކަން ހިމަނާފައިވެ އެވެ.
މަދިރި ހެފުމުން ރައްކާތެރިވުން:
މަދިރި ލޯޝަން/ސްޕްރޭ ބޭނުން ކުރުން
ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ހެދުންލުން
ކުޑަދޮރު ފަދަ ތަންތާގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރެއަށް މަދިރިގެ ބޭނުންކުރުން
މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓޫން
ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަވާނީ ހެނދުނާއި ހަވީރު އެވެ. އީޑީސް މަދިރި އާންމުކޮށް ހަފަނީ ދުވާލު ގަޑީގަ އެވެ. ނަމަވެސް އެންމެ ރަނގަޅި ހުރިހާ ވަގުތެއްގައި ވެސް މަދިރި ހެފުމުން ރައްކާތެރިވުން ކަމަށް އެޗްޕީއޭއިން އިލްތިމާސް ކުރި އެވެ.
މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުން:
ގެއާއި ގޯތި ތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން އަދި ގަސްމުށި، ހުސް ތާނގީ ފަދަ ތަކެތި ފެން ނޭޅޭ ގޮތަށް ބެހެއްޓުން/ބަންދުކުރުން
އާންމު ތަންތަނާއި މަގުމަތީގައި އަދި ކޮންސްޓްރަކްްޝަން ސައިޓުތަކުގައި ފެންހަރުލާ ގޮތަށް ހުންނަ (ހުސްފުޅި އާއި ދަޅު، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ) ތަކެތި ފެންހަރުނުލާނޭހެން ބަންޑުން ޖެހުން/މަތިއެޅުން
ދައުރުނުވާ ގޮތަށް ހުންނަ ބޮޑެތި ފެންގަނޑުތަކަށް މަދިރި ފަނި ކާ ކުދި މަސް ލުން
އީދަށް ރާއްޖެއިން ބޭރަށް ދާއިރު ޗިިކަންގުންޔާއަށް ސަމާލުވާން އެޗްޕީއޭގެ އިލްތިމާސެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ