އެންޒީގެ އާ ފިހާރައެއް މާލޭ މާފަންނު ބިސްބުރު ކައިރީ އިއްޔެ ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - އެންޒީގެ އެހެން ފިހާރަތަކުން ވެސް ވިއްކާ ތާޒާ ރޯމަހާއި ބޭކަރީ އައިޓަމްސް އަދި ރާއްޖޭގައި އުފައްދާ ދިވެހި ކާނާގެ އުފެއްދުންތައް މި ފިހާރައިން ވެސް ލިބޭނެ އެވެ.
ތަފްސީލް - އެންޒީގެ ފިހާރަތަކުން ވިއްކާ، ކަސްޓަމަރުންގެ މެދުގައި މަގުބޫލު އައިޓަމްތަކުގެ ތެރޭގައި:
ތާޒާ ރޯމަހާއި ފަރުމަސް
ޕާނާއި ބަނަސް ފަދަ ބޭކަރީ އައިޓަމްސް
އެންޒީ ރިހާކުރު
އެންޒީ ޗިލީ ސޯސް
ވަޅޯ މަސް
އެންޒީ އިން ބުނީ މާފަންނުގައި ހުޅުވި ފިހާރައާއެކު އެ ސަރަހައްދުގައި ދިިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު އެ ބްރޭންޑުގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށެވެ.
އެންޒީ އިން ވިއްކާ މުދާ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ލިބޭނެ
އެންޒީ އިން ބުނީ ވަރަށް އަވަހަށް ހޯމް ޑެލިވަރީގެ ހިދުމަތް ވެސް ފަށާނެ ކަމަށް
އެންޒީ އިން މާފަންނުގައި ހުޅުވި ފިހާރައިގެ އިތުރުން މާލެ އަދި ހުޅުމާލޭގައި އެ ކުންފުނީގެ ދެ ފިހާރަ ހިންގަ އެވެ.
އެންޒީގެ ފިހާރަތައް ހުންނާނީ:
އެންޒީ 5؛ ދޮންއަދަރާދަ ހިނގުން (މާލެ) ސްޓެލްކޯ ކައިރި - ފޯން: 7248899
އެންޒީ 2؛ އިރުދޭމާ ހިނގުން (ހުޅުމާލެ) ގާޒީ ސްކޫލު ކައިރި - ފޯން:7258899
އެންޒީ މާފަންނު؛ ހިލާލީ މަގު (މާލެ) ބިސްބުރު ކައިރި - ފޯން: 7288899
އެންޒީގެ ފިހާރަތައް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު6:30 އިން ރޭގަނޑު10:30 އަށެވެ.
ހުކުރު ދުވަސްތަކުގައި ފިހާރަތައް ހުޅުވާފައި ހުންނާނީ ހެނދުނު6:30 އިން10:30 އަށް އަދި މެންދުރު ފަހު2 އިން ހަވީރު5 އަށެވެ.
އެންޒީގެ ފިހާރަ އެއް މާފަންނުގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ