ހޯރަފުށީގެ ބައެއް މަޝްރޫއުތަކުގައި ކުޑަ ލަސްކަމެއް އުޅޭ: އަލީ މޫސާ
ހޯރަފުށީގެ ބައެއް މަޝްރޫއުތަކުގައި ކުޑަ ލަސްކަމެއް އުޅޭ ކަމަށް ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ އެއްބަސް ވެއްޖެ އެވެ.އަލީ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހޯރަފުށީގެ ތަރައްގީއާއި، ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި ޕްރޮޖެކްޓުތައް އެ ގެންދަވަނީ ކުރިއަށް ކަމަށާއި އެމްޑީޕީ ސަރުކާރުގައި ރިޔާސީ އިންތިހާބަށް ވެގެން އެޅުއްވި ބިންގާތަކުގެ މައްޗަށް އަމަލީ މަސައްކަތް ނިންމަވަމުން، އެ ސަރުކާރު ނިމުނުއިރު ފައިސާ ނުދައްކާ ހުރި ބިލްތަކަށް ފައިސާ ދައްކަވަނީ ވެސް މި ސަރުކާރުން ކަމަށެވެ."ބައެއް މަޝްރޫއުތަކުގައި ކުޑަ ލަސްކަމެއް އުޅެނީ، 127 ބިލިޔަން ރުފިޔާގެ ބޮޑު ދަރަނި ދައްކަވަމުން، ކަނޑުފަޅުން ދެއްވި އެތައް ހާސް ގޯތި ހިއްކަމުންގެންދަވާތީ. ސަރުކާރުން ވަޢުދުވަނީ ފަސް އަހަރަށް. ސަރުކާރުން ވީ ވަޢުދުތައް ފުއްދަވައި ނިންމަވާނެ. ސަރުކާރާއެކު އެ މަސައްކަތުގައި އަޅުގަނޑު ދެމިހުންނާނަން." އަލީ ލިޔުއްވާފައިވެ އެވެ.އަލީ މިފަދައިން ވިދާޅުވިއިރު، ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރާއިއެކު ހޯރަފުށީ ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.އެގޮތުން ހޯރަފުށީގެ އުމްރާނީ ތަރައްގީ މަޑުޖެހިއްޖެ ކަމަށް ބުނެ މިފަހުން ހޯރަފުށީ ކައުންސިލަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ