ބިއޯންޑް އެއާލައިން ހިންގާ ބިއޯންޑް-ސިމްޑީ އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑުން އިޓަލީ މީހަކު ޓިކެޓް ގަތުމަށް ފަހު، ޓިކެޓް ކެންސަލްކުރުމުން ދޭން ޖެހޭ ރީފަންޑު ނުދިނުމުން ސިމްޑީއަށް ދައުވާކުރި މައްސަލައެއްގައި 16،600 ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - މަޝްހޫރު ވިޔަފާރި ކުންފުނި، ސިމްޑީގެ ހިއްސާ އޮންނަ ބިއޯންޑް-ސިމްޑީ ކުންފުނީގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަނީ ސިލްވިއޯ ޕިންޓޯއަށް ނަމަކަށް ކިޔާ އިޓަލީ މީހެކެވެ.
ތަފްސީލް - ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުން އެނގޭ ގޮތުގައި، ސިލްވިއޯ ޕިންޓޯ ސިމްޑީން ހަ ޓިކެޓެއް ގަތެވެ. ޓިކެޓް ކެންސަލްކުރީ ބިއޯންޑުގެ ރީފަންޑް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ސިވިލް ކޯޓުގައި ކުރި ދައުވާގައިވެ އެވެ.
ސިލްވިއޯ ޕިންޓޯ ކޯޓުގައި އެދިފައިވަނީ:
ޓިކެޓް ރީފަންޑްގެ ގޮތުގައި ލިބެން ޖެހޭ 14،000 ޑޮލަރު ބިއޯންޑުން އޭނާއަށް ދެއްކުމަށް
މައްސަލަ ކޯޓަށް ހުށަހަޅަން ޖެހުމުން ހަރަދުވި 2،160 ޑޮލަރު ވެސް ބިއޯންޑުން އޭނާއަށް ދެއްކުމަށް ހުކުމްކޮށްދިނުމަށް
ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި، އިތުރު އަޑުއެހުމަކާ ނުލައި ހުކުމްކުރުމަށް ބިއޯންޑުގެ ފަރާތުން އިއުތިރާޒުކޮށްފައެއް ނެތެވެ. އަދި ޓިކެޓް ކެންސަލް ކުރީ ރީފަންޑް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ވެސް ހުކުމުގައިވެ އެވެ.
ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ ރީފަންޑްގެ ފައިސާ އާއި ޝަރީއަތަށް ދިޔަ ހަރަދުގެ ގޮތުގައި 16،160 ޑޮލަރު އިއްޔެއިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ޓިކެޓު ރީފަންޑު ނުދިނުމުން ބިއޯންޑް އެއާލައިނަށް ދައުވާކޮށް، 16،000 ޑޮލަރު ދައްކަން ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ