އުދަރެސް ބޯޓު ފަރަށް އަރައި އަޑިއަށް ހިނގައްޖެ؛ ދިވެއްސަކު ގެއްލިގެން ހޯދަނީ

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި ”އުދަރެސް“ ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުން ބުނީ، އެ ހާދިސާގެ މައުލޫމާތު ރިޕޯޓް ކުރީ ރޭ ދަންވަރު 1:25 އެހާކަންހާއިރު ކަމަށާއި ހާދިސާ ހިނގިއިރު ބޯޓުގައި 13 މީހުން ތިބި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ބިދޭސީންނާއި ތިން ދިވެހިން ކަމަށެވެ.
އޭގެ ތެރެއިން ބިދޭސީއަކު ފަތާފައި ލ. އޮޅުވެއްޔަށް އެރި ކަމަށާއި އަދި 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން އަދި ބުނީ މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ