މާފަންނު އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާ މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތުދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ.
މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި މީހުން ދިރިއުޅޭ 5 ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހާދިސާގައި އަލިފާން ރޯވި ގުދަނަކީ ކެމިކަލް ރައްކާކުރަން ބޭނުންކުރާ ތަނެއް ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، އެ ގުދަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
މީގެ އިތުރުން، ގުދަން ކައިރީގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މި ހާދިސާ ހިނގި ސަރަޙައްދުގައި ފުލުހުންނާއި ސިފައިން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ގުދަނުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ