ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މަރުވެފައި އޮއްވައި ފެނިފައިވަނީ, މާލެ / ސްޓާ، މުޙައްމަދު ރަޒީން, 50, އެވެ. އޭނާއަކީ މީގެ ކުރިން ތަފާތު އެކި ކުށްތަކުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މީހެކެވެ. ފުލުހުން ބުނީ ގެސްޓް ހައުސްއެއްގެ ތިން ވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ