އދ. ގެ ސަމިޓަކަށް ނިއު ޔޯކަށް ދަތުރުކޮށްފި ނަމަ، އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމާ މެދު ވިސްނަމުންދާ ކަމަށް ނިއު ޔޯކްގެ މޭޔަރު ޒޮހްރަން މަމްދާނީ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ބޮޑު ވަޒީރު ނަތަންޔާހޫއަކީ ބައިނަލްއަގްވާމީ ކޯޓަށް ހާޒިރުވާން ޖެހޭ ފަރާތެއް،" ނިއު ޔޯކް ޓައިމްސްއަށް މަމްދާނީ ވިދާޅުވި އެވެ.
Enterprise Development Industrial Pvt Ltd
Villa College
MU STORE
Enterprise Development Industrial Pvt Ltd
MU STORE
އިޒްރޭލަކީ ނަސްލީ އަދި ދީނީ ތަފާތުކުރުން ގެންގުޅޭ ދައުލަތެއް ކަމަށް ސިފަކުރައްވައި، މަމްދާނީ ވިދާޅުވީ އެއީ ނަތަންޔާހޫގެ އަމަލުތަކުގެ ސަބަބުން ގިނަ ބަޔަކު ދެކޭ ގޮތް ކަމަށެވެ.
އެހެން ނަމަވެސް، ނަތަންޔާހޫ ހައްޔަރު ކުރުމަށް ނިއު ޔޯކްގެ ފުލުހުންނަށް އަމުރެއް ނެރުމުގެ ބާރު މޭޔަރަށް ލިބޭކަމާ މެދު ޝައްކުތަކެއް އެބަ ހުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެއީ ބޭރު ގައުމެއްގެ ލީޑަރަކު ހިމެނޭ މައްސަލައަކަށް ވާތީ، ގާނޫނީ ޓީމާއެކު މަޝްވަރާ ކުރަމުންދާ ކަމަށް މަމްދާނީ ވިދާޅުވި އެވެ. އަދި ގާނޫނުން ތަންދޭ ނަމަ އެކަން ކުރާނެ ކަމަށް ތަކުރާރު ކުރެއްވި އެވެ.
ދުނިޔޭގެ ގައުމުތަކުގެ ވެރިން ބައިވެރިވާ އދ. ގެ އާއްމު މަޖިލިސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގަ އެވެ.
ނަތަންޔާހޫ ނިއުޔޯކަށް އައިސްފި ނަމަ ހައްޔަރު ކުރުމާ މެދު ވިސްނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ