ގަތަރުގެ ކުރީގެ އަމީރު، ޝައިޚް ހަމަދު ބިން ހަލީފާ އައްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެ އެވެ.
ގަތަރުގެ އަމީރީ ދީވާނުން ނެރުނު ބަޔާނެއްގައި ބުނީ، ޝައިހް ހަމަދު ބިން ހަލީފާ އައްޘާނީ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
1995 އިން 2013 އަށް ގަތަރުގައި ވެރިކަން ކުރެއްވި ޝައިޚް ހަމަދަކީ، ގަތަރުން ހޯދާފައިވާ ކުރިއެރުންތަކުގެ މައިގަނޑު ބާނީ އެވެ.
އެގޮތުން އެ މަނިކުފާނުގެ ޒައާމަތުގައި، ގަތަރަށް ވަނީ އިގުތިސާދީ، އިޖުތިމާއީ އަދި ސަގާފީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ބައިނަލްއަގުވާމީ މުޖުތަމައުގައި އެ ގައުމުގެ ދަރަޖަ އުފުލިގެން ގޮސްފަ އެވެ.
ގަތަރުގެ ކުރީގެ އަމީރު، ޝައިޚް ހަމަދު ބިން ހަލީފާ އައްސާނީ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ